Ads by Exprox

ޚަބަރު

މިސްކިތްތަކަށް، މިޤައުމުގަ އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން: ރައީސް މުއިއްޒު

މިސްކިތްތަކަށް، މިޤައުމުގަ އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން: ރައީސް މުއިއްޒު

ރައީސް ޑރ މުޙައްމަދު މުޢިއްޒު. ފޮޓޯ:ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 02:50

04 ސެޕްޓެމްބަރު 2024، 02:50

މިސްކިތްތަކަށް، މިޤައުމުގަ އިހުގައި ކުރި އިޚްތިރާމް އަލުން ގެންނަން ބޭނުންފުޅު ވާކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިހެން ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ޤައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށެވެ. ދީނީ ކަންކަން ހަރުދަނާކޮށް މަގުތައް ފަހިކުރުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށާއި، ޒަކާތް ދިނުމުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކާ ޒަކާތު ހައުސް އުފެއްދީ އެހެންވެގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދިޔުމުގެ ފުރުޞަތު ފަގީރުންގެ މެދުގައި ހުޅުވާލީ އެހެންވެގެން ކަމަށާއި، ކީރިތި ޤުރްއާން ހިތުދަސް ހާފިޒުންގެ އަދަދު މުޅި ރާއްޖޭގައި އިތުރުކުރުމަށް ޓަކާ ހާފިޒުންގެ ޕްރޮގްރާމު އިތުރަށް ފުޅާކުރަމުން ދަނީ ވެސް އެސަބަބަށް ޓަކާ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

ޒުވާން ޚަޠީބުން އުފައްދަމުން އިމާމުން ރާއްޖޭން ބޭރަށް ފޮނުވައި ތަމްރީނުތައް ދީ ތާޒާކުރަމުން އިސްލާމީ ޔުނިވަރސިޓީގެ ކޯސްތައް އަތޮޅުތަކަށް ފުޅާކުރަމުން މި ދަނީ ވެސް މި މަތިވެރި މަޤުޞަދުގަ - ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރަށް އިސްލާމީ ފުން ޢިލްމުތަކުގެ ފެންއާރުން ދިވެހި ބިމަށް ދިރުން ދިނުމަށް ޓަކާ އިސްލާމީ އުންމަތުގެ ބޮޑެތި އެކިއެކި ޢިލްމުވެރީންގެ ފޮތްތައް ދަނީ ދިވެހިބަހަށް ތަރުޖަމާކުރެވެމުން ކަމަށާއި އެކަމުގެ ބޭނުމަކީ ސައްތައިންސައްތަ އިސްލާމީ ޢިލްމީ ކިއްލާއެއްގެ ގޮތުގާ މި ރާއްޖެ ދާއިމަށް ބޭއްވުން ކަމަށް ރައީސް ޑރ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ފަތިހު ހޭލާ ދިވެހި ޤައުމެއް ބޭނުން ކަމަށާއި ހެނދުނާއި ދެނަމާދު ދޭތެރޭ ކީރިތި ޤުރުއާން ކިޔެވުމުގައި ކުޑަ ކުދީން ޝައުޤުވެރިކަމާއެކު އުޅޭ ދިވެހި ޤައުމެއް ދެކިވަޑައިގަންނަވަން އެމަނިކުފާނު ބޭނުންފުޅު ވާކަމަށްވެސް ވިދާޅުވިއެވެ.

 ފަރުޟު ނަމާދުގެ ޖަމާޢަތްތައް ބައިބޯކޮށް ފެންނަން ބޭނުން. އެކަމުގެ މާތްކަމާއި އެކަމުގައި ހުރި ދަރުމައިގެ ގިނަކަން އަޅުގަނޑުމެން ކުރެ ކޮންމެ ދިވެއްސަކަށް އިޙްސާސްވާން ބޭނުން. ހަމައެހެންމެ މިސްކިތްތަކަށް އިހުގައި ކުރި އިޙްތިރާމު އަލުން ގެންނަން ބޭނުން

ރައީސްގެ މިއަދުގެ ވާހަކަފުޅުގައި ޤައުމިއްޔަތާއި ގުޅުންހުރި މުހިންމު ވާހަކަފުޅުތަކެއް ހިމަނުއްވައިފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco