ދުނިޔެ

އެމެރިކާއިން އީރާނަށް އަލުން ހަމަލާތައްދޭން ފަށައިފި

އެމެރިކާއިން އީރާނަށް އަލުން ހަމަލާތައްދޭން ފަށައިފި

ހުރްޒޫމް ކަނޑުއޮޅި--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

30 ޖުލައި 2026، 11:26

30 ޖުލައި 2026، 11:26

އީރާނާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއްދޭން ފަށާފައިވާ ކަމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނެފިއެވެ. އަދި މި ހަމަލާތައްދޭން ފަށާފައިވަނި، އެމެރިކާގެ އަސްކަރިއްޔާއަށް އަމާޒުކޮށް އީރާނުން ބަލިސްޓިކް މިސައިލުން ހަމަލާތަކެއްދޭން މަސައްކަތްކުރިކަމަށް ތުހުމަތުކޮށެވެ.

އެމެރިކާގެ ސެންޓްރަލް ކޮމާންޑުންވަނީ، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ  އެތައް އަމާޒަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން އީރާނުގެ ސްޓޭޓް މީޑިޔާއިން ވަނީ، އެމެރިކާއިން އެންމެ ފަހުން ދިން ހަމަލާތަކުގެ ސަބަބުން 3 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި 2 ކުޑަކުދިން ހިމެނޭކަން ހާމަކޮށްފައެވެ. އަދި މި ހަމަލާތައް އެމެރިކާއިން އަމާޒުކޮށްފައިވަނީ އެ ގައުމުގެ ދެކުނާއި ހުޅަނގަށް ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ. އަދި މި ހަމަލާގެ އަސަރުކޮށްފައިވާ ޤެޝަމް އާއި އަބްދާން އަކީ އީރާނުގެ ތެލުގެ ވިޔަފާރީގައި ބޮޑު ދައުރެއް އަދާކުރާ ދެ ރަށްކަން ވަނީ ފާހަގަކޮށްފައެވެ.

މިދިޔަ ހަފްތާގެ ހުކުރު ދުވަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އީރާނަށް ދެމުންދިޔަ ހަމަލާތައް 13 ދުވަހުގެ މުއްދަތަކަށް މެދުކަނޑާލާފައެވެ. މި ހަމަލާތައް މެދުކަނޑާލާފައި ވަނީ ޑިޕްލޮމެޓިކް ގޮތަކަށް ދެ ގައުމުގެ ދޭތެރޭގައިޖެހިފައިވާ މައްސަލަ ހައްލުކުރުމަށް ފުރުސަތުދެއްވުމުގެ ގޮތުން ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އެކަމާއި ގުޅިގެން  އީރާނުން ވަނީ ހަމަލާތައް ހުއްޓާލި ނަމަވެސް  ދެ ގައުމުގެ މަޝްވަރާތަކަށް ކުރިއެރުން ލިބޭނެކަމަށް ލަފާނުކުރެވޭ ކަމަށް ބުނެފައެވެ. 

އީރާނުން އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ތަންތަނަށް ހަމަލާދިނުމާއި ގުޅިގެން  ޓްރަމްޕް ވަނީ،  އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ބުދަ ދުވަހު ބުނެފައެވެ. 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450