Ads by Farudhun

ޚަބަރު

ކެމްބޯޑިއާގެ ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ފްރާންސަށް ފޮނުވާލައިފި

ކެމްބޯޑިއާގެ ފުރަތަމަ ސީ-ޓު-އެއަރ ކާގޯ ވެލާނާ އެއަރޕޯޓުން ފްރާންސަށް ފޮނުވާލައިފި

ވެލާނާ އެއާރޕޯޓުން ސީ-ޓު-އެއާރ ކާގޯގެ ޚިދުމަތް ދިނުން / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

30 ޖުލައި 2026، 11:43

30 ޖުލައި 2026، 11:43

ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (ވީ.އައި.އޭ) މެދުވެރިކޮށް، ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ހެންޑްލްކޮށް މިއަދު ފޮނުވާލައިފިއެވެ. މިއީ ރާއްޖޭގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ ތާރީޚީ މުހިންމު ކުރިއެރުމެކެވެ.

މި އޮޕަރޭޝަނުގައި ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލާފައިވަނީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ މުހިންމު ދައުރާއި، ދުނިޔޭގެ ލޮޖިސްޓިކްސް ޗެއިންގައި ރާއްޖެއަށް އޮތް އިތުބާރެވެ.

މީގެ ކުރިން ރާއްޖެ މެދުވެރިކޮށް މިފަދަ ސީ-ޓު-އެއަރ ޚިދުމަތްތައް އެންމެ ފުޅާދާއިރާއެއްގައި ހޯދަމުން އައީ ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާ ފަދަ އަވަށްޓެރި ޤައުމުތަކުންނެވެ. ނަމަވެސް، ކެމްބޯޑިއާ ފަދަ ދެކުނުއިރުމަތީ އޭޝިއާގެ ޤައުމެއްގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ، ރާއްޖޭގެ ކާގޯ ޚިދުމަތްތަކަށް އައު މާކެޓްތައް ހުޅުވި، މި ދާއިރާއިން ރާއްޖެ ކުރިއަރަމުންދާކަމުގެ ވަރުގަދަ ހެއްކެކެވެ.

ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓަކީ މުދާ އުފުލުމުގައި ހަމައެކަނި ވައިގެ މަގު ބޭނުންކުރުމަށްވުރެ ޚަރަދު ކުޑަ، އަދި ހަމައެކަނި ކަނޑުމަގު ބޭނުންކުރުމަށްވުރެ އަވަސް ނިޒާމެކެވެ. އެހެންކަމުން މިއީ ވަގުތުން ވަގުތަށް މުދާ ފޯރުކޮށްދޭންޖެހޭ ވިޔަފާރިތަކަށް އޮތް އެންމެ އެކަށީގެންވާ އަދި އިތުބާރު ހުރި ހައްލެވެ.

މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ނަން ބައިނަލްއަޤްވާމީ ފެންވަރުގައި މިވަނީ އިތުރަށް ވަރުގަދަވެގެން ގޮސްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450