ޚަބަރު
ރ އަތޮޅުން ވ އަތޮޅަށް ރީނދޫ ސަމާލު ނެރެފި
ވިއްސާރަ ދުވަހެއް---
މޫސުން ގޯސް ވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ރ އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
އެ އަތޮޅުތަކަށް މި ސަމާލުނެރެފައިވަނީ މިއަދުގެ 12:30 އިން 16:00 އަށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި އެ ހަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
އެއާއިއެކު، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
Alert yellow for torrential rain pic.twitter.com/kJyXQtffxd
— Maldives Meteorology (@MetMaldives) July 30, 2026
މޫސުން ގޮސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މެޓް އޮފީހުން މިއަދު ވަނީ ހުދު ސަމާލު ވެސް ނެރެފައެވެ.
މީގެ އިތުރުން، އެ އިދާރާއިން ވަނީ މި ހަފްތާ ބަނދުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ހާއްސަކޮށް ހުކުރު ދުވަހު ވަރަށް ބޮޑަށް ވިއްސާރަކޮށް، ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ސަބަބުން އެކި ހިސާބުތަކަށް މޫސުން ގޯސްވަމުންދާތީ، ހާއްސަކޮށް، ކުދި އުޅަނދުފަހަރުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.