ވިޔަފާރި / ޚަބަރު

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލާގައި އެމް.އެޗް.އާރް ޓްރޭޑިންގްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލާގައި އެމް.އެޗް.އާރް ޓްރޭޑިންގްގެ މައްޗަށް ދަޢުވާކުރުމަށް ފޮނުވައިފި

އެންޓި-ކޮރަޕްޝަން ކޮމިޝަން ފޮޓޯ: މޯލްޑިވްްސް ފައިނެންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 05:52

30 ޖުލައި 2026، 05:52

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ) މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމުގެ ތުހުމަތުގައި، އެމް.އެޗް.އާރް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މަނީ ލޯންޑަރިންގްގެ ދަޢުވާ ކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭ.ސީ.ސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭ.ސީ.ސީ އިން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމަށް ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި މައްސަލައަކީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ކުރިއަށްގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ދަށުން ތަޙުޤީޤުކޮށްފައިވާ މައްސަލައެކެވެ.

ތަޙުޤީޤަށް ހާމަވެފައިވާ ގޮތުގައި، 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުން ފެށިގެން 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ބޮޑު އަދަދެއް އެސް.އޯ.އެފް ޕްރައިވެޓް ލިމިޓެޑުން ވަނީ އެމް.އެޗް.އާރް ޓްރޭޑިންގގެ އެކައުންޓަށް ޖަމާކޮށްފައެވެ. އެގޮތުން، އެކި ފަހަރު މަތިން ޖުމްލަ 325,000 އެމެރިކާ ޑޮލަރު އެމް.އެޗް.އާރް އަދި އެ ކުންފުނީގެ ދަށުން ހިންގާ "ތަރުކާރީ ފިހާރަ" ގެ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.

މި ފައިސާއަކީ ޑޮލަރު ގަނެވިއްކުމުގެ މުޢާމަލާތަކުން ލިބުނު ފައިސާކަމަށް ދެއްކުމަށް އެ ކުންފުނިން މަސައްކަތް ކުރި ނަމަވެސް، އެ ޗެކުތައް ދިނީ ކޮން ފަރާތަކުން ކަމާއި، އެއަށް ބަދަލުގައި ދޭންޖެހޭ ދިވެހި ރުފިޔާ ދިން ގޮތެއް ތަޙުޤީޤުގައި ސާބިތުކޮށްދެވިފައެއް ނުވެއެވެ. މީގެ އިތުރުން، އދ. ފުށިދިއްގާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެމް.އެމް.ޕީ.އާރް.ސީއަށް ދެއްކި 50,000 ޑޮލަރުވެސް، އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔާތު މެދުވެރިކޮށް އެމް.އެޗް.އާރްގެ އެކައުންޓަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ވަނީ ހޯދިފައެވެ.

އޭ.ސީ.ސީ އިން ވިދާޅުވީ، ޢަބްދުﷲ ޒިޔާތާއި އެމް.އެޗް.އާރްގެ މެނޭޖިންގ ޑިރެކްޓަރާ ދެމެދު ކުރެވިފައިވާ މުޢާމަލާތްތަކަށް ބަލާއިރު، އެ ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާކަން އެނގޭނެ ނުވަތަ ޝައްކުކުރެވޭނެ ހާލަތެއް އޮތްކަން ތަޙުޤީޤަށް އެނގޭ ކަމަށެވެ. އެހެންކަމުން، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުމުގެ ޤާނޫނުގެ ދަށުން އެ ކުންފުނީގެ މައްޗަށް ދަޢުވާކުރުމަށް ވަނީ ހުށަހަޅާފައެވެ.

މި މައްސަލައިގައި ހިމެނޭ ޖުމްލަ 375,000 ޑޮލަރު (ގާތްގަނޑަކަށް 5.7 މިލިއަން ރުފިޔާ) އާއި އެ ފައިސާ އިންވެސްޓްކޮށްގެން ހޯދާފައިވާ ފައިދާ އަނބުރާ ދައުލަތަށް ހޯދުމަށްޓަކައި އެމް.އެމް.ޕީ.އާރް.ސީއަށް ފޮނުވުމަށްވެސް އޭ.ސީ.ސީ އިން ވަނީ ނިންމާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450