Ads by Farudhun

ޚަބަރު

އައިފޯނުގެ ސެޓިންގްސްގައި ފޮރުވިފައިވާ "މޯޝަން ސިކްނަސް" ގެ ފަރުވާ

އައިފޯނުގެ ސެޓިންގްސްގައި ފޮރުވިފައިވާ "މޯޝަން ސިކްނަސް" ގެ ފަރުވާ

އައިފޯނުގެ ސެޓިންގްސްގައި ފޮރުވިފައިވާ "މޯޝަން ސިކްނަސް" ގެ ފަރުވާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 08:09

30 ޖުލައި 2026، 08:09

މި ފަހަކަށް އައިސް ގިނަ ބައެއްގެ އައިފޯނު ސްކްރީންތަކުގެ އަރިމަތިން ކުދިކުދި ތިކިތަކެއް ހަރަކާތްތެރިވާ މަންޒަރު ފެންނަން ފަށައިފިއެވެ. މިއީ ކޮން ކަމެއްތޯ ބަލައިލުމުން އެނގުނު ގޮތުގައި، މިއީ އުޅަނދުފަހަރުގައި ދަތުރުކުރާއިރު ބޯއެނބުރުމާއި މޭނުބައިކުރުން ނުވަތަ "މޯޝަން ސިކްނަސް" އަށް ހައްލެއް ހޯދުމަށް މީހުން ބޭނުންކުރާ  އުކުޅެކެވެ.

މި "ނަށާ ތިކިތަކަކީ" އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗާއެކެވެ. ފޯނުގައި ހުންނަ އެކްސެލެރޯމީޓަރު ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް މި ތިކިތައް ހަރަކާތްތެރިވެއެވެ. މިއީ އުޅަނދުގައި އިނދެ ފޯނަށް ބަލާއިރު ސިކުނޑިއަށް ލިބޭ އޮޅުންބޮޅުންތައް ކުޑަކޮށްދޭ ކަމެކެވެ.

މޯޝަން ސިކްނަސް މެދުވެރިވާ ސަބަބާ ބެހޭގޮތުން މާހިރުންގެ މެދުގައި ތަފާތު ޚިޔާލުތައް ހުރެއެވެ. އެންމެ އާންމު އެއް ތިއަރީއަކީ "ސެންސަރީ ކޮންފްލިކްޓް ތިއަރީ" އެވެ. މީގެ މާނައަކީ ކަންފަތުގެ އެތެރެއަށް ހަރަކާތް އިހުސާސްވާއިރު، ލޮލަށް ފެންނަނީ ފޯނު ފަދަ އެއް ތަނެއްގައި ހުއްޓިފައި ހުރި އެއްޗަކަށް ވުމުން ސިކުނޑި އޮޅުން އަަރަނީއެވެ. ނަމަވެސް، ޔުނިވަރސިޓީ އޮފް މިނިސޯޓާގެ ޕްރޮފެސަރެއް ކަމަށްވާ ޓޮމް ސްޓޮފްރެގަން ވިދާޅުވާ ގޮތުގައި، މިއީ ހަށިގަނޑުގެ ހަމަހިފެހެއްޓުމަށް މަސްތަކުން ކުރާ އަންދާޒާތައް ދިމާނުވުމުން ދިމާވާ ކަމެކެވެ. މި ސަބަބަށްޓަކައި އުޅަނދު ދުއްވަން އިންނަ މީހާއަށް ބޯނުއެނބުރިފައި، ކައިރީގައި އިންނަ މީހާއަށް ބޯއެނބުރެނީ އޭނާއަށް އުޅަނދު ދެން ދާނެ މިސްރާބު ކޮންޓްރޯލް ނުކުރެވޭތީއެވެ.

ސްޓެންފޯޑް ޔުނިވަރސިޓީގެ ކްރިސްޓަން ސްޓީނަރސަން ފާހަގަކުރެއްވި ގޮތުގައި، މި އޮޅުންބޮޅުންތަކުގެ ސަބަބުން ހަށިގަނޑަށް ހީވަނީ ވިހަ އެއްޗެއް ކެވިފައިވާހެންނެވެ. އެހެންކަމުން، ހަށިގަނޑުން އެ ވިހަ ބޭރުކުރުމުގެ ގޮތުން ހޮޑުލަވާ ގޮތް ވަނީއެވެ. އައިފޯނުގެ މި ތިކިތަކުގެ ސަބަބުން، ލޮލަށް ފެންނަ މަންޒަރާއި ހަށިގަނޑަށް އިހުސާސްވާ ހަރަކާތް އެއްގޮތްކޮށްދީ، މި މައްސަލައަށް ލުޔެއް ހޯދައިދެއެވެ.

ގިނަ ބަޔަކު މި ފީޗާގެ ސަބަބުން ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ބުނެއެވެ. ކާރު ދުއްވާ މީހުންނަށް ޚާއްޞަ ނޫހެއްގެ އެޑިޓަރު، ރޯރީ ކެރޮލް ބުނި ގޮތުގައި މިއީ އޭނާގެ މުޅި އުމުރުގައި ދިމާވި މައްސަލައަކަށް ލިބުނު ވަރަށް ބޮޑު ހައްލެކެވެ. އެހެން މީހުން ވެސް މި ފީޗާއަށް ވަރަށް ބޮޑަށް ތައުރީފު ކުރެއެވެ.

މި ފީޗާ ބޭނުންކުރުމަށްޓަކައި އައިފޯނުގެ Settings > Accessibility > Motion > Vehicle Motion Cues އަށް ގޮސް އެކްޓިވޭޓް ކުރެވޭނެއެވެ. މިއީ އުޅަނދު ދުއްވަން ފެށުމުން އަމިއްލައަށް މަސައްކަތްކުރާ ގޮތަށް ވެސް ހެދިދާނެ ފީޗާއެކެވެ. އެންޑްރޮއިޑް ފޯނުތަކުގައި ވެސް އެކި އެޕްތައް މެދުވެރިކޮށް މިކަން ކުރެވޭއިރު، ގޫގުލް ޕިކްސެލް ފޯނުތަކަށް ވެސް މިފަދަ ފީޗާއެއް އަންނަން އުޅޭ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ކޮންމެއަކަސް، މިއީ ޓެކްނޮލޮޖީގެ އެހީގައި އަހަރެމެންގެ ދިރިއުޅުމުގެ އުނދަގޫ ކަންކަމަށް ލިބޭ ލުޔެކެވެ. ނަމަވެސް ބައެއް މީހުން ދެކޭގޮތުގައި، މީގެ ނަތީޖާއަކީ ދަތުރުމަތީގައި ވެސް ފޯނާ ދުރަށް ދާން އޮތް އެންމެ ބޮޑު ސަބަބު ނެތިގޮސް، ފޯނަށް ބަލަން އޮންނަ ވަގުތު އިތުރުވުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450