ދުނިޔެ

ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އޮމާނުން ހުށަހެޅި އިސްލާހުތައް އީރާނުން ބޭރުކޮށްލައިފި

ހޮރްމޫޒް ކަނޑުއޮޅި ބެލެހެއްޓުމަށް އޮމާނުން ހުށަހެޅި އިސްލާހުތައް އީރާނުން ބޭރުކޮށްލައިފި

ހޮރްމޫޒް ކަނޑުއޮޅިން ބޯޓު ދަތުރުކުރަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 ޖުލައި 2026، 10:00

30 ޖުލައި 2026، 10:00

ހޮރްމޫޒް ކަނޑުއޮޅި މެދުވެރިކޮށް ކުރާ ދަތުރުފަތުރުތައް މެނޭޖްކުރުމަށްޓަކައި އޮމާނުން ހުށަހެޅި ޕްލޭން އީރާނުން ބޭރުކޮށްލުމާ ގުޅިގެން މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ހަމަދު ބިން ޚަލީފާ ޔުނިވަރސިޓީގެ ޕްރޮފެސަރ ސުލްޠާން ބަރަކާތު އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އޮމާނުގެ ހުށަހެޅުން އީރާނުން އެކަމަށް އެއްވެސް ފުރުސަތެއް ނުދީ ބޭރުކޮށްލުމަކީ ހެދުނު ގޯހެއް ކަމަށެވެ. އަދި އީރާނުން އެ ފުރުސަތުގެ ބޭނުންހިފައި، އޮމާނާއި ގަލްފުގެ އެހެން ގައުމުތަކާއެކު މަޝްވަރާތައް އިތުރަށް ވަރުގަދަކުރަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އޮމާނުން ހުށަހެޅި ޕްލޭންގައިވަނީ ކަނޑުއޮޅީގައި ދެ މަގެއް ކަނޑައެޅުމަށެވެ. އެއީ ވަންނަ އުޅަނދުފަހަރާއި ނިކުންނަ އުޅަނދުފަހަރަށް ވަކި ދެ މަގެކެވެ. މި މަގުތައް ބޭނުންކުރުމުގައި ޝިޕިންގ ކުންފުނިތަކުން ބޭނުންނަމަ ފީއެއް ދެއްކޭނެ އިންތިޒާމުވެސް އޮމާނުން ހުށަހެޅިއެވެ. ނަމަވެސް، ގިނަ އުޅަނދުފަހަރުތައް އޮމާނުގެ އައްސޭރިފަށާ ކައިރިން ހިލޭ ދަތުރުކުރެވޭ މަގު އިޚްތިޔާރުކުރާނެތީ، އީރާނުން ވަނީ މިކަމާ ދެކޮޅު ހަދާފައެވެ.

އީރާނުން ބޭނުންވަނީ ކަނޑުއޮޅިއަށް ވަންނަ މަގުގެ ފުރިހަމަ ކޮންޓްރޯލް އެގައުމަށް އޮތުމަށެވެ. އެއީ އެ ސަރަހައްދަށް ވަންނަ އަސްކަރީ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމުގެ ބޭނުމުގައެވެ. އޮމާނުގެ ހުށަހެޅުމުގައި ދަތުރުކުރާ މަގުތައް ދެ ގައުމުގެ މެދުގައި ހަމަހަމައަށް ބަހާލުމަށް އޮތް ނަމަވެސް، އީރާނުން ވަނީ އެގައުމުގެ ސަލާމަތީ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް އެ ޕްލޭންގައި ނެތް ކަމަށް ބުނެފައެވެ.

މި މައްސަލައިގައި އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އީރާނުން ހުށަހެޅި އިސްލާހުތައް އޮމާނުން ގަބޫލުނުކޮށްފިނަމަ، ކަނޑުއޮޅި ބަންދުކުރަން ޖެހިދާނެ ކަމަށެވެ.

ފާއިތުވި ތިން ހަފުތާގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކުގެ ސަބަބުން މި ސަރަހައްދުގެ މަޝްރަހު މިހާރު އޮތީ ވަރަށް ނުރައްކާތެރި ފައްތަރެއްގައެވެ. މިފަދަ ދަނޑިވަޅެއްގައި އޮމާނުގެ ހުށަހެޅުން ބޭރުކޮށްލުމަކީ ސަރަހައްދީ ހަމަޖެހުމަށް އޮތް ގޮންޖެހުމެއް ކަމަށް މުހައްލިލުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450