Ads by Farudhun

ޚަބަރު

ގައުމީ ތަރައްޤީގެ ޕްލޭނާ ފުށުއަރާގޮތަށް މާލޭ ސިޓީ ކައުންސިލުގެ ނިންމުންތައް ހުރުމުން ނަރީޝް ފާޑުވިދާޅުވެއްޖެ

ގައުމީ ތަރައްޤީގެ ޕްލޭނާ ފުށުއަރާގޮތަށް މާލޭ ސިޓީ ކައުންސިލުގެ ނިންމުންތައް ހުރުމުން ނަރީޝް ފާޑުވިދާޅުވެއްޖެ

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ނަރީޝް ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމް

farudhun logo

ފަރުދުން

31 ޖުލައި 2026، 04:39

31 ޖުލައި 2026، 04:39

ގައުމީ ތަރައްޤީގެ ޕްލޭނާ ފުށުއަރާގޮތަށް މާލޭ ސިޓީ ކައުންސިލުގެ ނިންމުންތައް ހުރުމުން، މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މިހާރުގެ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެޑްވައިޒަރު އަޙުމަދު ނަރީޝް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވެފައިވަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިމާރާތުގެ ކުރިމަތީގައި އޮންނަ ހުސްބިމުގައި ޕާކިން ޒޯނެއް ހިމެނޭހެން ފެރީ ޓާމިނަލެއް ތަރައްގީކުރުމަށް މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ނިންމުމާ ގުޅިގެންނެވެ. ނަމަވެސް، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ހިއްކި އެ ސަރަހައްދު، މިދިޔަ ހަފްތާގައި މަގު ހުޅުވިއިރު ޚާއްޞަކޮށްފައި އޮތީ ޕާކިން ޒޯނަކަށެވެ.

މިކަމާ ގުޅިގެން ނަރީޝް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލަރުންނަށް ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ޤާނޫނީ މެންޑޭޓްގެ އޮރިއެންޓޭޝަން ކްލާސްތަކެއް ނަންގަވައިދެއްވުމަށް ލޯކަލް ގަވާރންމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ޤާނޫނީ މެންޑޭޓް ސާފުނުވެ ކައުންސިލަރުންނަށް އެ ބޭފުޅުންގެ ޒިންމާ ފުރިހަމައަށް އަދާކުރެވިދާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަރީޝް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކައުންސިލަކަށް އެ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލެވެނީ ގައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އެކަން ކުރަންޖެހޭނީ ބިނާވެށި ޕްލޭން އެކުލަވާލައި، ޕްލޭނިން މިނިސްޓްރީން އެ ޕްލޭން ފާސްކުރުމުން، އެ ފާސްކުރެވުނު ގޮތުގެ މަތިންކަން ކައުންސިލަރުންނަށް އެނގެންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލަކަށް އެރަށެއް ނުވަތަ ސިޓީއެއްގެ ތަރައްޤީގެ ޕްލޭން އެކުލަވާލަން އޮންނަނީ ގައުމީ ތަރައްޤީގެ ޕްލޭނާއި އެއްގޮތްވާގޮތަށް ބިނާވެށި ޕްލޭން އެކުލަވާލައި ޕްލޭނިން މިނިސްޓްރީން ފާސްކުރުމުން އެ ފާސްކުރެވުނު ގޮތާއި އެއްގޮތްވާ ގޮތުގެ މަތިންކަން ސާފުނުވާ ކައުންސިލަރުންނަށް ޤާނޫނީ ޒިންމާ އަދާކުރެވޭނީ ކިހިނެތްތޯ؟

ކައުންސިލަރުންގެ ޤާބިލްކަމާމެދު ސުވާލު އުފައްދަމުން ނަރީޝް ބުންޏެވެ.

މާލޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ސިޓީ ކައުންސިލާއި ސަރުކާރުގެ ވުޒާރާތަކާ ދެމެދު މިފަދަ ޚިޔާލުތަފާތުވުންތަކެއް އުފެދިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މާލޭގެ މަގުތައް ހެދުމާއި ޕާކިންގެ މައްސަލައަށް ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450