ދުނިޔެ

ހަމާސްއިން ހަތިޔާރު އެޅުން ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކޮށްފި

ހަމާސްއިން ހަތިޔާރު އެޅުން ހުއްޓާލުމުގެ އެއްބަސްވުން އިއުލާންކޮށްފި

އިޒްރާއިލްގެ ހަމަލާތަކަށްފަހު ޣައްޒާ. ފޮޓޯ: އަލްޖަޒީރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 ޖުލައި 2026، 05:21

31 ޖުލައި 2026، 05:21

ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް އަމާޒުކޮށް، މަރުހަލާތަކަކަށް ބަހާލައިގެން ހަތިޔާރު ހަވާލުކުރުމަށާއި ހަތިޔާރު އެޅުން ހުއްޓާލުމަށް ހަމާސް އިން އެއްބަސްވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ވަކި މުއްދަތެއްގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ވަނީ ޝަރުތުކޮށްފައެވެ.

މި އެއްބަސްވުން އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. މި އެއްބަސްވުމަކީ މިސްރު، ގަތަރު، ތުރުކީ އަދި އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ ރޯޑްމެޕެއްގެ ދަށުން ވާސިލްވި ނަތީޖާއެއް ކަމަށް އެމެރިކާ އިސްވެ އޮންނަ ބޯޑް އޮފް ޕީސް އެންޑް އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް ފޯ ޣައްޒާ އިން ވަނީ ބުނެފައެވެ.

 

ހަތިޔާރު އެޅުން ހުއްޓާލުމުގެ މަރުހަލާތައް

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުން ތަންފީޒު ކުރާނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. ހަމާސްއިން ހަތިޔާރު ހަވާލުކުރަމުންދާ ވަރަކަށް އިސްރާއީލުގެ ސިފައިން ޣައްޒާއިން ފައިބަމުންދާނެއެވެ. "މިއީ ދާއިމީ ސުލްހައާއި ސަލާމަތަށް އެޅުނު މުހިންމު ފިޔަވަޅެއް،" ޓްރަމްޕް ވިދާޅުވިއެވެ. ހަތިޔާރު އެޅުން ހުއްޓާލުމުގެ މަރުހަލާގައި ފުރަތަމަ އަމާޒުކުރާނީ ބަރު ހަތިޔާރާއި، ހަތިޔާރު އުފައްދާ ތަންތަނާއި، ޓަނަލް ނެޓްވޯކްތަކަށެވެ.

ހަމާސްގެ މަޝްވަރާ ވަފުދުގެ މެންބަރު ޣާޒީ ހަމަދު ވިދާޅުވީ، އިސްރާއީލުން އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާނަމަ ހަމާސް އިން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. "އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން އެމީހުންގެ ޒިންމާތައް އަދާނުކުރާނަމަ، ހަމާސް އިން މި އެއްބަސްވުމުގެ އެއްވެސް ބައެއް ތަންފީޒެއް ނުކުރާނެ،" އޭނާ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ.

 

ޣައްޒާގެ އިދާރީ ހިންގުން

މި ރޯޑްމެޕްގެ ދަށުން ޣައްޒާގެ ދުވަހުން ދުވަހަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ހަވާލުކުރާނީ ބޯޑް އޮފް ޕީސްގެ ބެލުމުގެ ދަށުން ހިންގާ ފަލަސްތީނުގެ ޓެކްނޮކްރެޓިކް ކޮމިޓީއަކަށެވެ. މި ބޯޑުގެ ޗެއާމަނަކަށް އުމުރަށް ހުންނަވާނީ ޑޮނަލްޑް ޓްރަމްޕެވެ. އަދި އެގްޒެކެޓިވް ބޯޑުގެ އިސްވެރިއަކަށް ހުންނަވާނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާ އެވެ.

އިސްރާއީލުން މިހާތަނަށް މި އެއްބަސްވުމާ މެދު ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އޮކްޓޫބަރު 10، 2025 ގައި ސުލްހައިގެ އެއްބަސްވުމެއް އައި ފަހުންވެސް އިސްރާއީލުގެ ހަމަލާތަކުގައި 1,100 އަށްވުރެ ގިނަ ފަލަސްތީނު މީހުން ވަނީ ޝަހީދުވެފައެވެ. އެހެންކަމުން، މި އައު އެއްބަސްވުމާ މެދު ފަލަސްތީނުގެ ރައްޔިތުންގެ މެދުގައި އުންމީދާއި ޝައްކުތައް ވަނީ އުފެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450