Ads by Farudhun

ޚަބަރު

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފި

އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް ފުރަތަމަ ފަހަރަށް ދިވެއްސަކު އައްޔަންކޮށްފި

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް / ފޮޓޯ: ބީއެމްއެލް

farudhun logo

ފަރުދުން

31 ޖުލައި 2026، 05:11

31 ޖުލައި 2026، 05:11

އޭޝިއާ ސަރަހައްދުގެ ބޭންކުތައް ތަމްސީލުކުރާ އެންމެ އިސް ޖަމިއްޔާ ކަމަށްވާ އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް މިއަދު އައްޔަންކުރައްވައިފިއެވެ.

މިއީ މި މަގާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. ޝަރީފް މި މަގާމަށް އައްޔަންކުރުމަށް ނިންމެވީ އެ އެސޯސިއޭޝަންގެ ބޯޑުންނެވެ. މި މަގާމާ ޝަރީފް ރަސްމީކޮށް ހަވާލުވެވަޑައިގަތީ މިއަދުއެވެ.

ޝަރީފަކީ މީގެ ކުރިންވެސް އޭބީއޭގެ ލީޑާޝިޕްގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން، 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންގެ މަގާމު އޭނާ ފުރުއްވިއެވެ. އެ މުއްދަތުގައި އޭބީއޭގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި، ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް ޝަރީފް ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފައެވެ. އަދި މިދިޔަ އަހަރު ދެވަނަ ފަހަރަށް އޭނާ ވަނީ ވައިސް ޗެއާމަންގެ މަގާމަށް އައްޔަންކުރައްވާފައެވެ.

ޝަރީފް ޗެއާމަންކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ ޓްރެޒަރާ ޑރ. ޑާސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، މުޅި ސަރަހައްދުގެ ބޭންކިން ސިނާއަތުގެ ކުރިއެރުމާއި ތަރައްގީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ޝަރީފަށް ލިބޭނެކަމުގެ ޔަގީންކަން ޑރ. ޑާސަން ވަނީ ދެއްވާފައެވެ. 

1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކާސް އެސޯސިއޭޝަނަކީ ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިން އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ ވަރުގަދަ އެއް ސަރަހައްދީ ޖަމިއްޔާއެވެ.

މި މުހިންމު މަގާމަށް ދިވެއްސަކު އައްޔަންކުރެވުމަކީ ސަރަޙައްދީ ބޭންކިން ލީޑާޝިޕްގައި ދިވެހިރާއްޖެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެ ކަމެކެވެ. މީގެ އިތުރުން، މިއީ އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން ޝަރީފްގެ ތަޖުރިބާއާއި ގާބިލުކަމަށް ކުރާ އިތުބާރު ހާމަވެގެންދިޔަ ނިންމުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450