Ads by Farudhun

ޚަބަރު

ޓްރެފިކްގެ ކަންކަން ބަލަހައްޓަން އުފެއްދި އޮފީހަށް ގާނޫނީ ބާރުވެރިކަން ދެނީ

ޓްރެފިކްގެ ކަންކަން ބަލަހައްޓަން އުފެއްދި އޮފީހަށް ގާނޫނީ ބާރުވެރިކަން ދެނީ

ނޭޝަން ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޖުލައި 2026، 10:34

31 ޖުލައި 2026، 10:34

މާލެ ސަރަހައްދުގެ ޓްރެފިކްގެ ކަންކަން ހަރުދަނާ ނިޒާމެއްގެ ދަށުން ބެލެހެއްޓުމަށްޓަކައި އަލަށް އުފެއްދި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އަށް ގާނޫނީ ހުރިހާ ބާރުވެރިކަމެއް ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ނޭޝަން ޗެޓް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މާލޭގެ މަގުތަކުގެ ތޮއްޖެހުމާއި ޕާކިންގް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި އޮފީހަކީ މަގުތަކާއި ޓްރެފިކް މެނޭޖުކުރުމުގެ ފުރިހަމަ ބާރުވެރިކަން އޮންނާނެ އިދާރާއެއް ކަމަށެވެ. އަދި މިއީ އެއްތަނަކުން ޓްރެފިކާ ގުޅުންހުރި ހުރިހާ ކަމަކަށް ހައްލު ހޯދައިދޭނެ މަރުކަޒަކަށް ވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި އޮފީސް އުފެއްދުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެ ފަރާތްތަކުން ބުނަމުންދަނީ މާލޭ ސިޓީ ކައުންސިލާއި ޓްރެފިކް ފުލުހުން ތިއްބައި ވަކިން އޮފީހެއް އުފެއްދުމަކީ ބޭކާރު ޚަރަދެއް ކަމަށެވެ. ނަމަވެސް އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ރައީސް ވިދާޅުވީ، މިއީ އައު މުވައްޒަފުން ނަގައިގެން ދައުލަތުގެ ޚަރަދު ބޮޑުކުރުމަށް ކުރާ ކަމެއް ނޫން ކަމަށެވެ.

"މި އޮފީހުގައި މަސައްކަތް ކުރާނެ ގިނަ މުވައްޒަފުންނަކީ މިހާރު ވެސް ސަރުކާރުގެ އެކިއެކި އޮފީސްތަކުގައި މި މަސައްކަތާ ގުޅޭ ދާއިރާތަކުގައި ތިބި މުވައްޒަފުން. އަލަށް ވައްދާނީ ވަރަށް މަދު މުވައްޒަފުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އޮފީހަކީ މާލޭ ސިޓީ ކައުންސިލާއި ޓްރެފިކް ފުލުހުންނާ ގުޅިގެން މަސައްކަތް ކުރާނެ އިދާރާއެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ޕާކުކުރުމަށް ގެންނާނެ ބަދަލުތަކާއި، އަލަށް އިމާރާތްކުރާ ޕާކިންގް ބިލްޑިންގްތައް ބަލަހައްޓާނީވެސް މި އޮފީހުގެ ބެލުމުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަސައްކަތަކީ ނަތީޖާ ނެރެވޭނެ މަސައްކަތަކަށް ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވަމުން، ރައީސް ވަނީ މާލޭގެ މަގުތަކަކީ އަމާން އަދި ތަރުތީބު ތަނަކަށް ހެދުމަށް ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމަށް އެދިވަޑައިގެންފައެވެ. މި އޮފީހަށް ގާނޫނީ ބާރުވެރިކަން ދިނުމުން، ޓްރެފިކް ގަވާއިދުތައް ތަންފީޒުކުރުމުގައާއި މަގުތައް މެނޭޖުކުރުމުގައި މިހާރު ހުރި ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450