ދުނިޔެ

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވަރުގަދަ ހަމަލާތަކެއްދީ ބޮޑެތި ގެއްލުންތަކެއް ދީފި

އިސްރާއީލުން ލުބުނާނުގެ ދެކުނަށް ދިން ހަމަލާތައް - ފޮޓޯ: ރޮއިޓާސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

01 އޯގަސްޓު 2026، 12:30

01 އޯގަސްޓު 2026، 12:30

ލުބުނާނުގެ ދެކުނުގެ ރަށްތަކަށް އަމާޒުކޮށް އިސްރާއީލުގެ ނިރުބަވެރިން ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނާ ހަމައަށް ވަރުގަދަ ހަމަލާތަކެއްދީ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހަމަލާތަކާއެކު ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި ނުތަނަވަސްކަން ވަނީ ބޮޑުވެފައެވެ.

ލުބުނާނުގެ ރަސްމީ ނިއުސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ކަނޑައަޅާފައިވާ "ޔެލޯ ޒޯން" ކައިރީގައިވާ އަލް-މަންސޫރީ، މަޖްދަލް ޒޫން އަދި ޙައްދާޘާ ފަދަ އަވަށްތަކަށް އަމާޒުކޮށް ރޭ ދަންވަރު ވަނީ ބާރުގަދަ ހަމަލާތަކެއް ދީފައެވެ. އެއްޗެހި ގޮވާ އަޑު މުޅި ދެކުނު ސަރަހައްދަށް ވަރަށް ބާރަށް އިވިގެން ގޮސްފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ.

މީގެ އިތުރުން، ސަފް އަލް-ހަވާ އިން ފެށިގެން ބިންތް ޖުބައިލްއާ ހަމައަށް އޮތް ސަރަހައްދުގައި އިސްރާއީލު ނިރުބަވެރިން ވަނީ ބަރު ހަތިޔާރާއެކު ހަމަލާތައް ދީފައެވެ. އަދި އެ ސަރަހައްދުގެ މަގުތަކުގައި އިސްރާއީލުގެ ނިރުބަވެރިންގެ ވެހިކަލްތައް ބޭނުންކޮށްގެން ޕެޓްރޯލް ކުރަމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާތައް މިއަދު ހެނދުނާ ހަމައަށްވެސް މެދުނުކެނޑި ކުރިއަށްދިއުމާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ތިބީ ނުހަނު ބިރުވެރިކަމެއްގެ ތެރޭގައެވެ. އިސްރާއީލުގެ ޔަހޫދީން ލުބުނާނުގެ ސިޔާދަތަށް އަރައިގަނެ ދެމުންދާ މި ހަމަލާތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އުދުވާނެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ލުބުނާނުގެ ސިލްސިލާ ހަމަލާތައް ވަރުގަދަވަމުންދާއިރު، އިސްރާއީލުގެ ޔަހޫދީން ބުނަމުންދަނީ މިއީ އެ ގައުމުގެ ސަލާމަތަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކެއް ކަމަށެވެ. ނަމަވެސް، މި ހަމަލާތަކުގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލަށާއި ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450