ވިޔަފާރި / ޚަބަރު

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލައިފި

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލައިފި

ސްޓެލްކޯ ބިޒްނަސް ސެންޓަރ ފޮޓޯ:ސްޓެލްކޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 ޑިސެމްބަރު 2024، 09:02

03 ޑިސެމްބަރު 2024، 09:02

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުން ކުރު މުއްދަތެއްގެ ތެރޭގައި ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ ޑިޒައިން ކުރުމާއި އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލައިފިކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީ  ވިދާޅުވެއްޖެއެވެ.

އެކްސް އެކައުންޓުގައި ޕޯސްޓްކުރައްވާފައިވާ މެސެޖެއްގައި ފަހުމީ ވިދާޅުވެފައިވަނީ މި މަޝްރޫޢަކީ އުފެއްދުންތެރި ޑިޒައިނާއި ފެންވަރު ރަނގަޅު މަސައްކަތުގެ ރަމްޒެއް ކަމަށެވެ. އަދި މި މަޝްރޫޢުން ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރުވެރިކަމާއި، ތަޖުރިބާ އަދި ވަފާތެރިކަން ދައްކުވައިދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލައިފި

ސްޓެލްކޯ ބިޒްނަސް ސެންޓަރު

މި މަޝްރޫޢުގެ ސަބަބުން ކުންފުންޏަށް ގިނަ ޢަދަދެއްގެ ފައިސާ ސަލާމަތްކުރެވިފައިވާ ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ. އަދި މި  މަސައްކަތަށް ސްޓެލްކޯގެ މެނޭޖްމަންޓުން ޝުކުރުވެރިވާ ކަމަށާއި، މި މަސައްކަތުގައި ބައިވެރިވި ފަރާތްތަކަށް އިޙްތިރާމް އަދާކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ މަސައްކަތް ކުރު މުއްދަތެއްގައި ނިންމާލައިފި

ސްޓެލްކޯ ބިޒްނަސް ސެންޓަރު

ސްޓެލްކޯ ބިޒްނަސް ސެންޓަރުގެ ރަސްމީ އިފްތިތާޙު އަވަހަށް ކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ފަހުމީ ވިދާޅުވެފައިވެއެވެ. މި ސެންޓަރަކީ ސްޓެލްކޯގެ ވިޔަފާރި ހަރަކާތްތައް ހަރުދަނާކޮށް، ޚިދުމަތްތައް ފުޅާކުރުމަށް މަގުފަހިކޮށްދޭނެ މުހިންމު ތަނެކެވެ.



މި ލިޔުން ކިޔާލުމުން