ދުނިޔެ

އިސްރާއީލުގެ ނިރުބަވެރިން ހުޅަނގު އައްސޭރިން ހަތް ފަލަސްތީނު މީހަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ނިރުބަވެރިން ހުޅަނގު އައްސޭރިން ހަތް ފަލަސްތީނު މީހަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނު މީހުން ހައްޔަރު ކުރުން - ފޮޓޯ: ވަފާ

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

01 އޯގަސްޓު 2026، 01:22

01 އޯގަސްޓު 2026، 01:22

އިސްރާއީލް ނިރުބަވެރިން ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކަށް  ފަތިހުގެ ވަގުތުތަކުގައި ވަދެގަނެ، ހަތް ފަލަސްތީނު މީހުން ހައްޔަރުކޮށްފިއެވެ. ފަލަސްތީނުގެ ރަސްމީ ނޫސް އެޖެންސީ "ވަފާ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހައްޔަރުކުރި މީހުންގެ ތެރޭގައި 16 އަހަރުގެ ދެ ކުޑަކުދިންވެސް ހިމެނެއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ތޫބާސް ސިޓީގެ އިރުދެކުނުން އޮންނަ ތައްމޫން އަވަށަށް އިސްރާއީލްގެ ނިރުބަވަރިން ވަދެގަނެ، އުމުރުން 16 އަހަރުގެ ކުއްޖަކު ވަނީ އޭނާގެ ގޭގެ ތެރެއިން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން، ނާބުލުސް ގަވަރުނަރޭޓްގެ އަވަށެއް ކަމަށްވާ އުރީފް، އައިނާބޫސް އަދި ބުރުގާ އަށް ފަތިހު ދިން ހަމަލާތަކުގައި އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ބެތުލެހެމް ސިޓީގެ ހުޅަނގުން އޮންނަ ވަދީ ފޫކިން އަވަށުންވެސް 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާއިރު، އެ ސިޓީގެ އިރުއުތުރުގައި ހުންނަ އަސްކަރީ ޗެކްޕޮއިންޓަކުންވެސް ފަލަސްތީނުގެ ރައްޔިތަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، ނާބުލުސްގެ އުތުރުގައި އޮންނަ އަސީރާ އައްޝަމާލިއްޔާ އަވަށުގެ އެތައް  ގެއަކަށް އިސްރާއީލްގެ ނިރުބަވެރިން ވަދެ، ބަލައި ފާސްކޮށްފައިވެއެވެ. މި ތަންތަނަ ބަލައިފާސްކޮށްފައިވާ އިރު  އެ އަވަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްކޮށް، އެތަނުން އެއް ގެއެއް ވަގުތީ ގޮތުން ސުވާލުކުރާ މަރުކަޒަކަށް ބަދަލުކޮށް، ގިނަ ބަޔަކާ ސުވާލުކޮށްފައިވާ ކަމަށްވެސް ވަފާ އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

އިސްރާއީލުން ހުޅަނގު އައްސޭރީގައި ހިންގަމުންދާ މިފަދަ ލާއިންސާނީ އަމަލުތަކާއި، ކުޑަކުދިން ހިމެނޭހެން ފަލަސްތީނުގެ ރައްޔިތުން ހައްޔަރުކުރުމުގެ ސަބަބުން އެ ސަރަހައްދުގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450