ދުނިޔެ
ސްޕެއިންއަށް ވަންނަން މަސައްކަތްކުރި 57 ރެފިއުޖީން މަރުވެއްޖެ
ސްޕެއިނަށް ވަންނަން މަސައްކަތްކުރި ރެފިއުޖީން. ފޮޓޯ: ރޮއިޓަރސް
އުތުރު އެފްރިކާގެ ސަރަޙައްދުގައި އޮންނަ ސްޕެއިންގެ ސެއުތާއަށް ގަވާއިދާ ޚިލާފަށް ވަންނަން މަސައްކަތްކުރި 50،000 އެއްހާ ރެފިއުޖީންގެ ތެރެއިން 57 މީހުން މަރުވެއްޖެއެވެ. މިއީ މޮރޮކޯއިން އެ ގައުމަށް ހިޖުރަކުރަން މަސައްކަތްކުރި މީހުންތަކެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ސްޕެއިންނަށް އެތައްހާސް ހިޖުރަވެރިން ވަންނަން މަސައްކަތްކޮށްފައިވާއިރު، މި މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ އަނބުރާ ގައުމަށް ދިއުމުގެ މަސައްކަތް ފަށާފައެވެ.
ސްޕެއިންގެ ބޮޑު ވަޒީރު ވަނީ، މިއީ ޕެޑްރޯ ސަންޗެޒް ވަނީ އެއްފަހަރެއްގައި އެހާ ގިނަ މީހުން އެ ގައުމަށް ވަނުމަށް ކުރި މަސައްކަތަކީ، އެ ޤައުމުގެ ސަރަޙައްދީ އިސްތިގުލާލަށް ހުރަސް އެޅިގެންދާ ކަމެއް ކަމަށެވެ. އަދި މޮރޮކޯގެ އެހީތެރިކަމާއެކު އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ބޮޑު ވަޒީރު ވިދާޅުވިއެވެ.
ސަރަހައްދީ ރޮނގު ހުރަސްކުރަން މަސައްކަތްކުރި 57 މީހުންގެ ހަށިގަނޑު ފެނިފައިވާކަން ސްޕެއިންގެ ސަރުކާރުން ހާމަކޮށްފައިވާއިރު، މޮރޮކޯގައި އިތުރު މީހުން މަރުވެފައި ތިބުން އެކަށީގެންވާ ކަމަށް ވެސް ސްޕެއިންގެ ސަރުކާރުން ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ގެނބިގެންނެވެ. އަދި އެއްގަމަށް އެރުމަށް މަސައްކަތްކުރުމުގެ ތެރޭގައި ފިތިގެން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.
މިހާ ގިނަ މީހުން އެއްފަހަރާ ސްޕެއިންއަށް ހިޖުރަކުރުމަށް މަސައްކަތްކޮށްފައި ވުމާއި ގުޅިގެން ވިލާތުގެ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށް ގޮވާލާފައެވެ.
މޮރޮކޯގެ ސިފައިން ވަނީ، ސްޕެއިންއަށް ވަނުމަށް މަސައްކަތްކުރަމުން ދިޔަ މީހުންނަށް ހުއްޓުވުމަށް މުގުރުބުރިއާއި ކަރުނަ ގޭސް ބޭނުންކޮށްފައެވެ.
ސްޕެއިނަށް ވަދެފައިވާ މީހުގެ ތެރެއިން މަދުވެގެން 7000 މީހުންނަކީ ކުޑަކުދިން ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެއެވެ.