ދުނިޔެ

އީރާނަށް ދޭން އުޅޭ ހަމަލާތައް ކެންސަލް: ޓްރަމްޕު

އީރާނަށް ދޭން އުޅޭ ހަމަލާތައް ކެންސަލް: ޓްރަމްޕު

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް--

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

02 އޯގަސްޓު 2026، 11:44

02 އޯގަސްޓު 2026، 11:44

އީރާނަށް ދޭން އުޅޭ ހަމަލާތައް ކެންސަލްކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. މިއީ އެއްބަސްވުމަކަށް އައުމަށް ޓަކައި މަޝްވަރާތައް ކުރިއަށްދާތީ ނިންމާފައިވާ ނިންމުމެއް ކަމަށް ޓްރަމްޕް ބުނެއެވެ. 

ޓްރަމްޕްވަނީ އިސްރާއީލާއި ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއްދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި އޭނާގެ 'ޓްރޫތް ސޯޝަލް' އެކައުންޓުގައި ޓްރަމްޕް  ވަނީ، ދެވަނަ ބޮޑު ހަނގުރާމައިގައި ވެސް ނުންފެންނަ ފަދަ ވަރުގަދަ އަސްކަރީ ހަމަލާއެއް އީރާނަށް ދިނުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެފައެވެ. 

ނަމަވެސް، އީރާނާއި މެދު އިރުމަތީގެ އެހެން ގައުމުތަކުގެ އެދުމުގެ މަތިން، އެއްބަސްވުމަކަށް އައުމަށް މަޝްވަރާތައް ކުރުމުގެ ގޮތުން، މި ހަމަލާތައް ނުދޭން މިހާރު ނިންމާފައިވާކަން ޓްރަމްޕް ބުނެއެވެ. 

އަދި މިހާރު، ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، މި އެއްބަސްވުމުގައި ހޮރްޒޫމް ކަނޑުއޮޅި އެއްކޮށް ހުޅުވުމަށާއި، އީރާނުގެ ނިއުކްލިޔާ ހަމަލާތައް ހުއްޓާލުމަށް ނިންމިގެންދާނެ ކަމަށް ޓްރަމްޕް ވަނީ ބުނެފއެވެ. ޓްރަމްޕް މިގޮތަށް ބުނުމާއި ގުޅިގެން އީރާނުން އަދި ވަކި ބަހެއް ބުނެފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި އެމެރިކާއިން އީރާނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާއިރު، މި ހަމަލާތައް ދިނީ އީރާނުން ބެލިސްޓިކް މިސައިލް ބޭނުންކޮށްގެން ދޭން އުޅުނު ހަމަލާއަކާއި ގުޅިގެން ކަމަށް އެމެރިކާއިން ބުނެއެވެ. ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ، ކައިރި ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލް އާއި ޑްރޯން ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކާއި ގުޅިގެން ދުނިޔޭގެ ތެލުގެ އަގު ވަނީ އުފުލިފައެވެ. އީރާނާއި އެމެރިކާގެ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްޒޫމް ކަނޑުއޮޅި ބަންދުވެ، އެތައް މުދަލެއްގެ އެކްސްޕޯޓަށް ވެސް ވަނީ ބުރޫއަރާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450