Ads by Farudhun

ޚަބަރު

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ބާރުު ސްޕީޑުގައި ކުރިއަށް

ތިލަފުށީ އެމްޕީއެލް ސައިޓުގެ ކުއޭ ވޯލް މަޝްރޫއު ބާރުު ސްޕީޑުގައި ކުރިއަށް

ތިލަފުށީ އެމްޕީއެލް ސައިޓްގައި ކުރިއަށްދާ ކުއޭ ވޯލްގެ މަޝްރޫޢު. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޯގަސްޓު 2026، 03:23

02 އޯގަސްޓު 2026، 03:23

ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ސައިޓުގައި 100 މީޓަރުގެ ކުއޭ ވޯލްއެއް ފަރުމާކޮށް އިމާރާތްކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ޝީޓް ޕައިލް ކުރުމާއި، ބިން އެއްވަރުކުރުމުގެ އިތުރުން އިތުރުވެފައިވާ ވެލިތައް ނެގުމުގެ މަސައްކަތްތަކެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 1 ޖޫން 2026 ގައެވެ. މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ކެޕްޓަން ހުސައިން ޝަފީގު ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ. ޖުމްލަ 18.8 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 120 ދުވަހުގެ މުއްދަތެކެވެ.

 

މަޝްރޫއުގެ މުހިންމު ބައިތައް

މި މަޝްރޫއުގެ ދަށުން 100 މީޓަރުގެ ޑޮމެސްޓިކް ކުއޭ ވޯލްއެއް ހެދުމާއި، 6,775 އަކަމީޓަރުގެ ސަރަހައްދެއްގައި ކޮންކްރީޓް ޕޭވްމަންޓް އެޅުން ހިމެނެއެވެ. މީގެ

އިތުރުން ބަނދަރު ފުންކުރުމާއި، 112 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ޖެހުމުގެ އިތުރުން 30 ޓަނުގެ ބޮލާޑް ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ މާލޭ ވިޔަފާރި ބަނދަރާއި ހުޅުމާލެ އިންޓަނޭޝަނަލް ޓާމިނަލަށް ބާރުބޮޑުވުން ކުޑަކުރުމަށްޓަކައި، މުދާ ކްލިއަރ ކުރުމުގެ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމެވެ. މިއީ މުދާ އުފުލާ އުޅަނދުފަހަރަށް ހާއްސަ ހިދުމަތްތަކެއް ދިނުމަށް ގާއިމުކުރެވޭ ސަރަހައްދެކެވެ.

ތިލަފުށީގައި ކުރިއަށްދާ މި މަސައްކަތަކީ މާލޭ ވިޔަފާރި ބަނދަރު އެއްކޮށް ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއުގެ މުހިންމު ބައެކެވެ. ސަރުކާރުގެ އަމާޒަކީ 11 ނޮވެމްބަރު 2027 ގެ ނިޔަލަށް ބަނދަރުގެ ހުރިހާ އޮޕަރޭޝަންތަކެއް ތިލަފުއްޓަށް ބަދަލުކޮށް، މާލޭގެ މަގުތަކަށް ދިމާވެފައިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450