ޚަބަރު
ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދަށް ބޮޑު ކުރިއެރުމެއް
ޒަކާތު ހައުސްގެ ހަރަކާތެއްގެ ތެރެއިން---
މި އަހަރު ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21,298,021.15 (އެކާވީސް މިލިއަން ދެލައްކަ ނުވަދިހަ އަށްހާސް އެކާވީސް ރުފިޔާ ފަނަރަ ލާރި) ވަނީ ލިބިފައެވެ. މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.
ޒަކާތު ހައުސްގެ އެންމެ ފަހުގެ ރިޕޯޓްތައް ދައްކާގޮތުން، 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 އިންސައްތައިގެ ކުރިއެރުމެކެވެ.
އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ޒަކާތު ހައުސްގެ ތަފާސްހިސާބުތައް---
ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ބެހުމާ ގުޅޭގޮތުން ޒަކާތު ހައުސްއިން ހާމަކޮށްފައިވާ ގޮތުގައި، ޖޫން މަހުގެ ތެރޭގައި ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18,824,537.13 ރުފިޔާ ވަނީ ދޫކޮށްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެގޮތުން އެ ދާއިރާއަށް އެކަނިވެސް 16,995,735.75 ރުފިޔާ ހޭދަކޮށްފައިވާކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.