Ads by Farudhun

ޚަބަރު

ޓްރާންޝިޕްމަންޓް މުދާ އުފުލުމުގައި ވީއައިއޭއިން ތާރީޚީ ރެކޯޑެއް ގާއިމްކޮށްފި

ޓްރާންޝިޕްމަންޓް މުދާ އުފުލުމުގައި ވީއައިއޭއިން ތާރީޚީ ރެކޯޑެއް ގާއިމްކޮށްފި

ޓްރާންޝިޕްމަންޓުގެ ގޮތުގައި މުދާ އުފުލުމުގެ މަރުހަލާގެ ތެރެއިން / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

02 އޯގަސްޓު 2026، 08:15

02 އޯގަސްޓު 2026، 08:15

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ އަދަދު އިތުރުވެ، ނިމިދިޔަ ޖުލައި މަހު އެ އެއާޕޯޓުން އާ ރެކޯޑެއް ގާއިމްކޮށްފިއެވެ.

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކުރި ގޮތުގައި، މިއީ އެއާޕޯޓުގައި ކުރިއަށްގެންދާ ސީ-ޓު-އެއަރ އަދި އެއަރ-ޓު-އެއަރ އޮޕަރޭޝަންތަކުގެ ދަށުން ހާސިލުކުރެވުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖުލައި މަހުގެ ތެރޭގައި ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު ވަނީ މަހެއްގެ މައްޗަށް 2,000 ޓަނަށްވުރެ މައްޗަށް ގޮސްފައެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީޚުގައިވެސް އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދަކަށް މުދާ އުފުލި ފުރަތަމަ ފަހަރެވެ. މި ނަތީޖާއާއެކު، މީގެ ކުރިން ވީއައިއޭއިން މި ދާއިރާއިން ހާސިލުކޮށްފައިވާ ހުރިހާ ރެކޯޑުތަކެއް މިހާރު ވަނީ މުގުރާލާފައެވެ.

ވަކިން ހާއްސަކޮށް ސީ-ޓު-އެއަރ ޚިދުމަތަށް ބަލާއިރު، ޖުލައި މަހު އެކަނިވެސް 621 ޓަނުގެ މުދާ ވަނީ އެއާޕޯޓު މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވާފައެވެ. މިއީ ރާއްޖޭގައި މި ޚިދުމަތް ތައާރަފުކުރި ފަހުން މަހެއްގެ ތެރޭގައި އެންމެ ގިނައިން މުދާ އުފުލި ފަހަރުކަމަށް އެމްއޭސީއެލްއިން ފާހަގަކުރެއެވެ.

މި ކާމިޔާބީއަކީ ވީއައިއޭއަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް ވަމުންދާކަމުގެ ހެއްކެއް ކަމަށް އެ ކުންފުނިން ބުނެއެވެ. ސަރުކާރުގެ އިގްތިސާދީ ސިޔާސަތުގެ ދަށުން، ރާއްޖެއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ މުހިންމު ހަބަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް މި ރެކޯޑާއެކު އިތުރު ކުރިއެރުމެއް ވަނީ ލިބިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450