Ads by Farudhun

ޚަބަރު

އެމްޓީސީސީގެ މުދާ އުފުލާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފި

އެމްޓީސީސީގެ މުދާ އުފުލާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފި

އެމްޓީސީސީގެ ފެރީއެއް---

farudhun logo

ފަރުދުން

03 އޯގަސްޓު 2026، 04:52

03 އޯގަސްޓު 2026، 04:52

މާލޭގެ އަމީނީ މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަލުން ފެށުމާ ގުޅިގެން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ދެމުންދާ މުދާ އުފުލާ ފެރީގެ ޚިދުމަތް ހެންވޭރު ފެރީ ޓާމިނަލަށް ބަދަލުކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، މި ބަދަލު ގެންނަން ޖެހުނީ އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫޢުގެ "ސެގްމެންޓް-1" ގެ މަސައްކަތް މިހާރު ކުރިއަށްދާތީއެވެ. އެހެންކަމުން، 2026 އޯގަސްޓް 4 ވަނަ ދުވަހުން ފެށިގެން، މަގުގެ މަސައްކަތް އެއްކޮށް ނިމެންދެން މުދާ އުފުލާ ފެރީގެ ހުރިހާ އޮޕަރޭޝަންތަކެއް ކުރިއަށްދާނީ ހެންވޭރު ފެރީ ޓާމިނަލުން ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގަކީ އެންމެ ފަހުން 2024 ވަނަ އަހަރު މަރާމާތުކޮށް ނިންމާފައިވާ މަގެއް ކަމުގައި ވިޔަސް، އެ މަގު އަލުން މަރާމާތު ކުރަން ޖެހުނީ މަގުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ބޭނުންކުރަން ދަތިވުމުގެ ސަބަބުންނެވެ. ޚާއްޞަކޮށް މަގުގެ ހުޅަނގު ފަރާތަށް އޮންނަ ސަރަޙައްދު ވަރަށް ބޮޑަށް ހަލާކުވެފައިވާކަން ފާހަގަކުރެވެއެވެ.

މި ފަހަރުގެ މަރާމާތުގެ ދަށުން މަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ އިތުރުން، އިތުރު ބަދަލުތަކެއް ގެނައުމަށް ވެސް ވަނީ ރޭވިފައެވެ. އެގޮތުން، ބަސް ހުއްޓިތައް ހިމެނޭ ސަރަޙައްދުތަކުގެ ޕޭވްމަންޓް ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް އެ ސަރަޙައްދުތައް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތް ކުރިއަށްދާ މުއްދަތުގައި އާންމުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450