Ads by Farudhun

ޚަބަރު

އެމްޓީޑީސީގެ އެއްވެސް މުދަލެއް ނުވަތަ ހެޑް ލީސް ރައިޓްސްއެއް ވިއްކާލަން ނިންމާފައެއް ނުވޭ

އެމްޓީޑީސީގެ އެއްވެސް މުދަލެއް ނުވަތަ ހެޑް ލީސް ރައިޓްސްއެއް ވިއްކާލަން ނިންމާފައެއް ނުވޭ

އެމްޓީޑީސީގެ ބަައްދަލުވުމެއް. ފޮޓޯ: ގޫގުލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޯގަސްޓު 2026، 06:59

03 އޯގަސްޓު 2026، 06:59

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހިއްސާވާ ބައެއް ރަށްތަކުގެ ހެޑް ލީސް ރައިޓްސް ވިއްކާލަން އުޅޭ ކަމަށް ބުނެ މީޑިއާގައި ފެތުރެމުންދާ ޚަބަރުތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

 އެމްޓީޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުންފުނީގެ އެއްވެސް މުދަލެއް ނުވަތަ ހައްގެއް ވިއްކާލުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށާއި، އެފަދަ ނިންމުމެއްވެސް ނިންމާފައިނުވާނެ ކަމަށެވެ.

އެމްޓީޑީސީން ފާހަގަކުރި ގޮތުގައި ހދ. ނާގޯށި، ގދ. މަގުއްދޫ އަދި ބ. ކިހަވައް ހުރަވަޅި އަކީ ދިވެހި ސަރުކާރާއެކު ވެފައިވާ ސައްހަ އެއްބަސްވުންތަކުގެ ދަށުން ރިސޯޓު ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ކުއްޔަށް ދީފައިވާ ރަށްތަކެކެވެ. މި ރަށްތަކުގެ ހެޑް ލީސް ރައިޓްސްގެ ގާނޫނީ އަދި މަންފާ ލިބިދޭ ފަރާތަކީ އަދިވެސް އެމްޓީޑީސީ ކަމަށް އެ ކުންފުނިން ކަށަވަރުކޮށްދެއެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަށަވަރުކޮށްދޭ ގޮތުގައި، މި ރަށްތަކުގެ ހެޑް ލީސް ރައިޓްސް ހިމެނޭހެން ކުންފުނީގެ އެއްވެސް މުދަލެއް ވިއްކާލުމަށް، ބަދަލުކުރުމަށް ނުވަތަ އެ ނޫންވެސް ގޮތަކަށް ދޫކޮށްލުމަށް އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ. އަދި މިފަދަ ހައްގުތަކެއް ގެއްލިގެންދާނެ ފަދަ ނުވަތަ ކުންފުނީގެ މިލްކުވެރިކަމަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ އެއްވެސް މަޝްވަރާއެއް ނުވަތަ އިންތިޒާމެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް ކުރިއަށް ނުގެންދާ ކަމަށް އެމްޓީޑީސީން ބުނެފައިވެއެވެ.

މާކެޓް އަގަށްވުރެ ހެޔޮކޮށް ބައެއް ރަށްތަކުގެ ހެޑް ލީސް ރައިޓްސް ވިއްކާލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. "މިފަދަ ރިޕޯޓްތަކަކީ ސައްހަ ނޫން، އަސާސެއް ނެތް އަދި ކުންފުނީގެ ހަގީގީ ހާލަތު ރަމްޒުކޮށްދޭ ވާހަކަތަކެއް ނޫން،" އެމްޓީޑީސީގެ ބަޔާނުގައިވެއެވެ.

އެމްޓީޑީސީން އިތުރަށް ބުނެފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، ހާމަކަން ބޮޑު ގޮތެއްގައި ކުންފުނި ހިންގުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުންޏެއްގެ ހައިސިއްޔަތުން، ގާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުންފުންޏާ ގުޅުންހުރި މުހިންމު ކަންކަން ވަގުތުން ހާމަކުރަމުންދާނެ ކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ވަނީ ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450