Ads by Farudhun

ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރާއި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރާއި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރު / ފޮޓޯ: ސަން

farudhun logo

ފަރުދުން

03 އޯގަސްޓު 2026، 09:53

03 އޯގަސްޓު 2026، 09:53

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމާއި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ ދެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ކުރި އިޢުލާނެއްގައިވާ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ މިހާރު އެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވާތީއެވެ. މި މަޤާމަށް ކުރިމަތިލުމުގެ އެންމެ ފަހު ސުންގަޑިއަކީ 16 އޮގަސްޓް 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

މީގެ އިތުރުން، ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތުވެސް ރައީސް އޮފީހުން ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މި ދެ މަޤާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެއްވޭނެއެވެ.

ދައުލަތުގެ މުހިންމު މި ދެ މަޤާމަށް ބޭފުޅުން އައްޔަނު ކުރެއްވުމަކީ ދެފުށް ފެންނަ ސިޔާސަތުތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ތަފާސްހިސާބުތަކާ ބެހޭ ކަންކަން ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450