Ads by Exprox

ޚަބަރު

އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ: ރައީސް މުއިއްޒު

އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ: ރައީސް މުއިއްޒު

ރައީސް ޑރ މުޙައްމަދު މުއިއްޒު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 07:09

04 ސެޕްޓެމްބަރު 2024، 07:09

އަމިއްލަވަންތަ ކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އަމިއްލަވަންތަކަމަށް ލޯބިނުކުރެވޭ ނަމަ މިނިވަންކަމަށް ލޯތްބެއް ނުކުރެވޭނެ ކަމަށާއި، ހަމަ އެހެންމެ، އަމިއްލަވަންތަކަން ދިފާޢުނުކުރެވޭ ނަމަ، މިނިވަންކަންވެސް ދިފާޢެއް ނުކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

 އެހެންކަމުން، ޤައުމެއް ދިފާޢުކުރުމުގައި، އެ ޤައުމެއްގެ އަމިއްލަވަންތަކަން ދިފާޢުކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. 

މިކަމަށްޓަކައި މި ޒަމާނުގައި ކުރިއަރާފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ގޮތަކީ، އެ ޤައުމެއްގެ އަހުލުވެރީންގެ ސިކުނޑިތަކުގައި އަމިއްލަވަންތަކަން ޢިލްމީ ގޮތުން ސާފުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ ޤައުމަކާ އެއްކޮޅަށް ހުންނަ ކަންކަމާއި، އެ ޤައުމަކާ ދެކޮޅަށް ހުންނަ ކަންކަން، ކޮންމެ ރައްޔިތަކަށް ޢިލްމާއި ބުއްދީގެ ހަމަތަކުން އޮޅުންފިލުވައިދެނީ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ވެސް މި ވަގުތު ވަރަށް މުހިންމު ކަމެއް. ގެދޮރު ބިނާކުރާ ފަދައިން، ދިވެހި ޤައުމާ އެއްކޮޅަށް ދިވެހި ދަރީންގެ ސިކުނޑި ބިނާކުރުމުގެ ޤައުމީ ވިސްނުމަކަށް އަބަދުވެސް އަޅުގަނޑު އިޝާރާތް ކުރަނީ އެހެންވެގެން - ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އެކަމާ ގުޅޭ ދިރާސާތައް ހަދައި، ކަމާބެހޭ ޢިލްމީ ފޮތްތައް ދިވެހިބަހަށް ތަރުޖަމާ ކުރަމުން ގެންދާނެ ކަމަށާއި، މުސްތަޤުބަލުގައި އުފެދޭ ދިވެހި ތަރިކައިގެ ކޮލެޖު ނުވަތަ މި ވަގުތު ނަމަ، މި އޮތް ދިވެހި ޤައުމިއްޔަތުގެ އިސްވަރު މުޅި ރާއްޖެއަށް އިރާދަކުރެއްވިއްޔާ އިންޤިލާބީ ބަދަލެއް މިކަމުގައި ގެންނާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެެެވެ.

މިގޮތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކާ ގުޅުންހުރި އެކި ޢިލްމުތަކުން އެކި ފަރާތްތަކަށް ލަފާ ދެއްވާނެ. ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ފުރިހަމަ އެންތޮލޮޖީއެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ. މީގެ އިތުރުން، ދިވެހި ޤައުމިއްޔަތުގެ ބަހާތަކުގެ ކޮންމެ ދާއިރާއަކުން އެ ދާއިރާގެ ކުރިއެރުމާއި، ގޮންޖެހުންތަކުގެ ޢިލްމީ ކަރުދާހެއް، ކޮންމެ އަހަރަކު އެއް ފަހަރު ޝާއިޢުކުރާނެ - ރައީސް މުޢިއްޒު ވިދާޅުވިއެވެ.

މިއަދުގެ ދުނިޔޭގައި ބަހާއި ތަރިކައިގެ ދާއިރާއަކީ ވަރަށް ޢިލްމީ، ވަރަށް ސައިންޓިފިކް ދާއިރާއެއް ކަމަށް ރައީސް ވިދާޅުވިއެވެ. ދުނިޔޭގެ ބައެއް ޤައުމުތަކުގެ ޤައުމީ ތަރިކައިގެ ޝިޢާރުތައް ބުނާގޮތުން، އެ ޤައުމުތަކުގެ އިޤުތިޞާދާއި ތަރައްޤީއާ ގުޅިފައި ވަނީ، އެ ޤައުމެއްގެ ތަރިކައާއި ސަގާފަތާއި ތާރީޚުކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco