Ads by Farudhun

ޚަބަރު

މާލޭގެ އުތުރު ފަރާތު ބޭރުތޮށީގެ ބައެއް ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްފި

މާލޭގެ އުތުރު ފަރާތު ބޭރުތޮށީގެ ބައެއް ޑިފެންސް މިނިސްޓްރީގެ އުޅަނދުތަކަށް ޚާއްސަކޮށްފި

ބޮޑުތަކުރުފާނު މަގުން ޑިފެންސްގެ އުޅަނދުތަކަށް ހާއްސަކޮށްފައިވާ ސަރަހައްދު / ފޮޓޯ: އެމްޓީސީސީ

farudhun logo

ފަރުދުން

04 އޯގަސްޓު 2026، 07:40

04 އޯގަސްޓު 2026، 07:40

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ހެދި އެއްގަމު ތޮށީގެ ބައެއް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ އުޅަނދުފަހަރަށް ޚާއްސަކޮށްފައިވާކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހާމަކޮށްފިއެވެ.

މިނިސްޓްރީން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޝަހީދު ހުސެއިން އާދަމް ބިލްޑިންގއިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ މިނިސްޓްރީ އޮފް ޑިފެންސްގެ ބޭނުންތަކަށް ޚާއްސަކުރެވިފައިވާ ސަރަޙައްދެއް ކަމަށެވެ.

މި ނިންމުމާ ގުޅިގެން، މިއަދުން ފެށިގެން އެ ސަރަޙައްދުގެ އެއްގަމު ތޮއްޓަށް ޑިފެންސް މިނިސްޓްރީގެ އުޅަނދުފަހަރު ފިޔަވައި އެހެން އެއްވެސް އުޅަނދެއް ކައިރިކުރުމަކީ މަނާކަމެއް ކަމަށްވެސް އެ މިނިސްޓްރީން ވަނީ އަންގާފައެވެ. މި ސަރަޙައްދަކީ ކުރިން ވެސް ސަލާމަތީ ބާރުތަކުގެ އުޅަނދުފަހަރަށް ހާއްސަކޮށްފައި އޮތް ސަރަހައްދެކެވެ. 

މާލޭގެ އުތުރު ފަރާތު ބޭރުތޮށި ތަރައްޤީކުރުމުގެ މަސައްކަތަކީ ސަރުކާރުން މާލޭގެ މަގުތަކާއި ބަނދަރުގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދުގެ ބޮޑުތަކުރުފާނު މަގުވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450