Ads by Farudhun

ޚަބަރު

ތަކެތީގެ އަގުތައް ބޮޑުވާން ފެށީ 2019 އިން ފެށިގެން ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެއްޖެ

ތަކެތީގެ އަގުތައް ބޮޑުވާން ފެށީ 2019 އިން ފެށިގެން ކަމަށް އިގްތިސާދީ ވަޒީރު ވިދާޅުވެއްޖެ

އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު---

farudhun logo

ފަރުދުން

05 އޯގަސްޓު 2026، 12:59

05 އޯގަސްޓު 2026، 12:59

ދިވެހިރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލެން ފަށާފައިވަނީ 2019 ވަނަ އަހަރުން ފެށިގެން ކަމަށް އިގުތިސާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ޚާއްޞަ ވީޑިއޯ މެސެޖެއްގައެވެ.

ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދީ ހާލަތަށް ބަލާއިރު ތަކެތީގެ އަގު ބޮޑުވުމުގެ އަސްލު ފެށިފައިވަނީ މީގެ އަހަރުތަކެއް ކުރިން، ނިމިދިޔަ ސަރުކާރުގެ ކުރީކޮޅުން ފެށިގެންނެވެ. މިކަމާ ގުޅޭގޮތުން އިތުރަށް ތަފްސީލު ދެއްވަމުން ވަޒީރު ވިދާޅުވީ، 2019 ވަނަ އަހަރުން ފެށިގެން ތަކެތީގެ އަގުތައް މައްޗަށް ދާން ފެށުމަކީ އޭރު އޮތް ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކާއި، ދުނިޔޭގެ ބާޒާރަށް އައި ބަދަލުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. ވަޒީރުގެ ވާހަކައަށް ބާރުދެއްވުމުގެ ގޮތުން ނިމިދިޔަ ސަރުކާރުގެ މުއްދަތުގައި ނޫސްތަކުގެ ސުރުހީތަކަށް ބައްލަވައި، 2019 އިން ފެށިގެން ތަކެތީގެ އަގުތަކަށް ބޮޑެތި ބަދަލުތައް އަންނަން ފަށާފައިވާކަން ވަނީ ހާމަކުރައްވާފައެވެ.

ވަޒީރުގެ ވީޑިއޯގައި ބައެއް ވިޔަފާރިވެރިންގެ އިންޓަވިއުވެސް ހިމަނުއްވާފައިވެއެވެ. އެގޮތުން އެއް ވިޔަފާރިއަކު ފާހަގަކުރި ގޮތުގައި، ތަކެތީގެ އަގު ބޮޑުވަނީ ސަރުކާރުން ކުރާ ކަމަކުން ނޫނެވެ. ނަމަވެސް އެއީ ފްރައިޓް އަދި ގަލްފް ހަނގުރާމައާ ގުޅިގެން އަންނަ ބަދަލުތަކެއްކަން ފާހަގަކުރިއެވެ. ކުރިން 20 ފޫޓުގެ ކޮންޓެއިނަރެއް 1,700 ރުފިޔާއަށް ގެނެވުނު ނަމަވެސް، މިހާރު އެ އަގު 2,500 ރުފިޔާއަށް އުފުލިފައިވާކަމާއި، އަގު ބޮޑުވުމުގެ އެންމެ ބޮޑު ސަބަބަކީ ފްރައިޓްގެ އަގުތައް ކަމަށް ވިޔަފާރިވެރިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު މައްޗަށް ދިޔަ ސަބަބާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، އެއީ ނިމިދިޔަ ސަރުކާރުން 8 ބިލިއަން ރުފިޔާ ޗާޕުކުރުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.

މިހާރުގެ ސަރުކާރުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ލިސްޓު އިތުރުކޮށް، ބާޒާރުގައި މުހިންމު ތަކެތީގެ އަގު މިހާރު ހިފަހައްޓާފައިވާ ކަމަށެވެ. އަދި ދައުލަތުން ދައްކަންޖެހޭ ލޯނުތައް ދައްކަމުން ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ އިގްތިސާދު ހަރުދަނާކޮށް، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމެވެ. މިގޮތުން ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ރާއްޖެއަށް އެތެރެކުރާ މުދާ ލިބޭނެ ފަސޭހަ މަގުތައް ފަހިކޮށްދިނުމުގެ މަސައްކަތް ބާރުގަދަ މިނެއްގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ވަޒީރު މި މައުލޫމާތު ހާމަކުރައްވާފައި މިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ބާޒާރަށްވެސް އޭގެ އަސަރު ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ އިގްތިސާދީ އިސްލާހީ ފިޔަވަޅުތަކާއެކު، އާންމު ރައްޔިތުންގެ ޖީބަށް ލުއިވާނެ ގޮތްތަކެއް ހޯދައިދިނުމެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450