ވިޔަފާރި / ޚަބަރު

ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ސްކީމްގެ ފައިދާ ޑޮލަރުން ދޭން ނިންމައިފި

ބީއެމްއެލްގެ ޑޮލަރު އިންވެސްޓްމަންޓް ސްކީމްގެ ފައިދާ ޑޮލަރުން ދޭން ނިންމައިފި

ބޯއެމްއެލް މޮބައިލް އެޕްލިކޭޝަން ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

05 އޯގަސްޓު 2026، 12:51

05 އޯގަސްޓު 2026، 12:51

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަލަށް ތަޢާރަފްކުރި އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން ލިބޭ ފައިދާއާއި، އިންވެސްޓްކުރާ އަސްލު އަދަދުވެސް ޑޮލަރުން ދޭ ގޮތަށް އެ ބޭންކުން ހަމަޖައްސައިފިއެވެ.

"އިންވެސްޓްމަންޓްސް" ގެ ނަމުގައި އާންމުންނަށް ޑޮލަރު އިންވެސްޓް ކުރެވޭނެ މި އައު ޚިދުމަތް ބީއެމްއެލްއިން ތަޢާރަފުކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މި ސްކީމަކީ %25 އާ ހަމައަށް ފައިދާ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ސްކީމެކެވެ.

މި ސްކީމް ފެށިއިރު އޮތްގޮތުން، އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވެއެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެއެވެ. ނަމަވެސް، ބީއެމްއެލްއިން ސޯޝަލް މީޑިއާގައި މިއަދު ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފޮރެކްސް އިންވެސްޓްމަންޓްގެ އަދަދާއި އޭގެ ފައިދާވެސް މިހާރު ޑޮލަރުން ދޭން ނިންމާފައިވާ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ މުއްދަތު ހަމަވުމުން، އިންވެސްޓްކުރި އަދަދު ރަސްމީ އެކްސްޗޭންޖު ރޭޓުގައި ދިވެހި ރުފިޔާއަށް މާރުކުރަންޖެހޭނެ ކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ބޭންކުން މަޢުލޫމާތު ދޭ ގޮތުގައި، މި އިންވެސްޓްމަންޓްތަކުން ލިބޭ ނަފާ ދެނީ އީކޮމާސް ޕްލެޓްފޯމްތަކުން ކުރާ މުޢާމަލާތްތަކުން ނަގާ %30 ގެ ފީގެ ތެރެއިންނެވެ. އެގޮތުން އެ ފީގެ ތެރެއިން ބޭންކުގެ ޚަރަދަށް %5 ކެނޑުމަށްފަހު ބާކީވާ ފައިސާ އިންވެސްޓަރުންނަށް ފައިދާގެ ގޮތުގައި ބަހައިދެއެވެ.

ރާއްޖެއިން ބޭރުގެ ޚިދުމަތްތަކަށް ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ޑޮލަރު ބޭނުންކުރާ މިންވަރު ފާއިތުވި 5 އަހަރު ތެރޭގައި 3.7 ގުނަ އިތުރުވެފައިވާ ކަމަށް ބީއެމްއެލްއިން ފާހަގަކުރެއެވެ. މިހާރު އެވްރެޖްކޮށް މަހަކު 39.3 މިލިޔަން ޑޮލަރު ކާޑު މުޢާމަލާތްތަކަށް ބޭނުންކުރާއިރު، މި ޚިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދުވެސް ވަނީ 2 ގުނައަށްވުރެ އިތުރުވެފައެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450