Ads by Farudhun

ޚަބަރު

ހިޔާ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހިޔާ ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހިޔާ ޓަވަރު. ފޮޓޯ: އިންޓްނެޓް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

05 އޯގަސްޓު 2026، 02:53

05 އޯގަސްޓު 2026، 02:53

ހުޅުމާލޭގެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރެއްގެ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 

މި ހާދިސާ ހިނގާފައި ވަނީ، ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއްގައި މިއަދުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. 

ހާދިސާ ހިނގާފައިވާކަމުގެ ރިޕޯޓު ލިބުމާއެކު އެ ސަރަހައްދުގައި ކަމާބެހޭ އިދާރާތަކުން ހަރަކާތްތެރިވިއެވެ. އަދި މި އަލިފާންގަނޑު ވަނީ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލާފައެވެ.

ހާދިސާ ހިނގާފައިވަނީ އެ އެޕާޓްމެންޓުގައި އުދާފައި ހުރި ތެއްޔެއްގައި ރޯވުމުގެ ސަބަބުންނެވެ. 

މި ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި، ހާދިސާ ހިނގި އިމާރާތަށް ވެސް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450