Ads by Farudhun

ޚަބަރު

ތަންފީޒީ އިދާރާތަކުގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެންއައިސީން އިލްތިމާސްކޮށްފި

ތަންފީޒީ އިދާރާތަކުގެ މަސައްކަތަށް ހުރަސް ނޭޅުމަށް އެންއައިސީން އިލްތިމާސްކޮށްފި

އެންއައިސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 އޯގަސްޓު 2026، 04:33

05 އޯގަސްޓު 2026، 04:33

ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން މިއަދު އިލްތިމާސް ކުރައްވައިފިއެވެ.

 އެ ކޮމިޝަނުން މިކަމަށް އިލްތިމާސް ކުރެއްވީ ތަންފީޒީ އިދާރާތަކުގެ ޤާނޫނީ ޒިންމާތަކާ ގުޅޭގޮތުން އާންމުންގެ މެދުގައި ނުރަނގަޅު ތަސައްވުރު އުފެދޭ ގޮތަށް ވާހަކަ ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

އެންއައިސީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ޤާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ދައުުރުވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. މިފަދަ ވާހަކަތަކުގެ ސަބަބުން މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެ ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ތަންފީޒީ އިދާރާތަކުން ކުރާ މަސައްކަތަކީ ޤައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނާޅައި ޤާނޫނު ތަންފީޒު ކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެންއައިސީން ވަނީ ހުރިހާ ފަރާތްތަކަކަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި، އެ މައްސަލަ ބަލައިދިނުމަށް އެދި އެންއައިސީއަށް ހުށަހެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ. "މިފަދަ މައްސަލަތައް ތަހުގީގު ކުރުމަކީ، ޤާނޫނުން މި ކޮމިޝަނާ ހަވާލުކޮށްފައިވާ މުހިންމު މަސްއޫލިއްޔަތެއް،" ކަމަށް އެ ކޮމިޝަނުން ބަޔާންކުރެއެވެ.

އެންއައިސީން ވަނީ އެފަދަ މައްސަލައެއް ފާހަގަވާނަމަ ރަސްމީ ނިޒާމުގެ ތެރެއިން ކޮމިޝަނަށް މައްސަލަ ހުށަހެޅުމަށް ބާރުއަޅުއްވާފައެވެ. ހަމައެއާއެކު، ތަންފީޒީ އިދާރާތަކުންވެސް އެ މުވައްޒަފުންގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އަދާކުރުމުގައި ޤާނޫނީ އިމުގެ ތެރޭގައި ސާބިތުވެ ތިބުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450