Ads by Farudhun

ޚަބަރު

އއ. އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި ޤާއިމްކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފަށައިފި

ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުން / ފޮޓޯ: ރައީސް އޮފީސް

farudhun logo

ފަރުދުން

05 އޯގަސްޓު 2026، 07:11

05 އޯގަސްޓު 2026، 07:11

އއ. އުކުޅަހުގައި ސަރުކާރުން ގާއިމުކުރުމަށް ނިންމާފައިވާ ޒަމާނީ ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުالله ރާފިއު އާއި އުކުޅަހު ކައުންސިލްގެ ރައީސްގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޯގަސްޓު މަހު އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެމްއޭސީއެލްއާ ހަވާލުކުރި މަޝްރޫއެކެވެ. 

މި މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އުކުޅަހު ކައުންސިލްގެ މެންބަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން މި ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

ސަރުކާރުގެ މުހިންމު އަމާޒަކީ ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމުގެ އިތުރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ މުޅި ރާއްޖޭގައި ފުޅާކުރުމެވެ. މި މަޝްރޫއުގެ މައިގަނޑު ބޭނުމަކީ ބައިނަލްއަޤުވާމީ ފެންވަރުގެ ވަސީލަތްތައް އަތޮޅުތެރޭގައި ޤާއިމުކޮށް، އަތޮޅުތަކުން ޤައުމީ ފެންވަރުގެ 'އެލީޓް އެތުލީޓުން' އުފެދިގެން އައުމަށް މަގުފަހިކޮށްދިނުމެވެ.

އުކުޅަހުގައި ބިނާކުރާ މި ސްޕޯޓްސް ކޮމްޕްލެކްސް ފަރުމާކޮށްފައި ވަނީ ގިނަ ކުޅިވަރުތަކެއް އެއް ފުރާޅެއްގެ ދަށުން ކުޅެވޭނެ ފަދަ ޒަމާނީ ފަސޭހަތަކާ އެކުގައެވެ. މީގެ ސަބަބުން އެ ރަށުގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450