Ads by Farudhun

ޚަބަރު

މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

މި މަސައްކަތުގެ ތެރެއިން. ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

06 އޯގަސްޓު 2026، 03:06

06 އޯގަސްޓު 2026، 03:06

ހއ. މުރައިދޫގައި އަލަށް ބިނާކުރާ މިސްކިތުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަން އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ. 

އެ ވުޒާރާއިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ކޮލަމްތައް ކޮންކްރީޓް ކުރުމުގެ މަރުހަލާ ކަމަށެވެ.

މިއީ ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. 

މަޝްރޫއުގެ ދަށުން  3650  އަކަފޫޓުގެ ސަރަހައްދެއްގައި 300 މީހުންނަށް ނަމާދު ކުރެވޭގޮތަށް މިސްކިތެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މިސްކިތުގައި ނަމާދުކުރާ ކޮޓަރިއެއް ގާއިމުކުރުމާއީ، ފިރިހެނުންނާއި އަންހެނުންނަށް ވުޟޫ ކުރުމުށް ޖާގަ ހެދުމާއި،  މިސްކިތުގެ ގޯތިތެރެ ސާފުކުރާނެ ސާމާނު ބަހައްޓާނެ ތަނެއް ހެދުމުގެ އިތުރުން މުންނާރެއް ހެދުމާއެކު މިހުރާބް ގެއެއް ބިނާ ކުރުމަށް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކުރެވިފައެވެ.

އަދި މީގެ އިތުރުން، މި މިސްކިތުގައި ސައުންޑް ރޫމަކާއެކު އިމާމުންނަށް ހާއްސަ ކޮޓަރިއެއް ވެސް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިއީ 7.21 މިލިއަން ރުފިޔާއަށް 1 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. 



 ހއ. މުރައިދޫގައި ކުރިއަށްގެންދާ މި މަޝްރޫއު ނިމުމުން އެ ރަށުގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން  ވަނީ ހާމަކޮށްފައެވެ.

ވޭތުވެދިޔަ 44 އަހަރު ދުވަހުގެ ތެރޭގައި، ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި އުމްރާނީ ތަރައްގީގެ ގިނަގުނަ މަޝްރޫއުތަކެއް ކާމިޔާބީއާއެކު ނިންމާފައިވާ ކުންފުންޏެއްގެ ގޮތުގައި އެމްޓީސީސީ ފާހަގަކުރެވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450