Ads by Farudhun

ޚަބަރު

ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ މަދުކުރަން އެމްއެމްއޭގެ ނިންމުންތަކެއް

ރާއްޖޭގެ އިގްތިސާދުގައި ދައުރުވާ ފައިސާ މަދުކުރަން އެމްއެމްއޭގެ ނިންމުންތަކެއް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ---

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޯގަސްޓު 2026، 09:43

07 އޯގަސްޓު 2026، 09:43

އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާ މަދުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މަނިޓަރީ ޕޮލިސީ ހަރުދަނާކޮށް މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ. މި ފިޔަޅުތައް އަޅަން ނިންމާފައިވަނީ އެމްއެމްއޭގެ ބޯޑުން ފާސްކޮންގެންނެވެ. 

އެގޮތުން، މައިގަނޑު ދެ ބަދަލެއް މަނިޓަރީ ޕޮލިސީއަށް ގެނައުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރުފިޔާގެ މިނިމަމް ރިޒަރވް ރިކުއަރމެންޓް (އެމްއާރްއާރް) މަތިކުރުމާއި، އޯޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން ދައުރުވާ ފައިސާ މަދުކުރުމެވެ.

އެމްއާރްއާރް އަކީ، ބޭންކުތަކަށް ޖަމާވާ ފައިސާގެ ތެރެއިން އެމްއެމްއޭގައި ރައްކާކޮށްފައި ބަހައްޓަންޖެހޭ މިންވަރެވެ. މި މިންވަރު 10.5% އިން %11.0 އަށް ސެޕެޓެމްބަރު މަހުން ފެށިގެން މަތިކުރުމަށް އެމްއެމްއޭއިން ވަނީ ނިންމާފައެވެ. މީގެ އިތުރުން، 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރްއާރް މަތިކުރުމަށް ވަނީ ނިންމާފައެވެ. އަދި  ރިވިއުތަކަށް ފަހު 2027ގެ ނިޔަލަށް %13 އަށް މި އަދަދު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށް އެ އިދާރައިން ވިދާޅުވެއެވެ.

އަދި އެމްއެމްއޭއިން މިހާރު ހިންގަމުންދާ އޯޕަން މާކެޓް އޮޕަރޭޝަން ފުޅާކުރުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން، އޯޕަންމާކެޓް އޮޕަރޭޝަންސް 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހު އޯޕަން މާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) އަލުން ފެށި ފަހުން، މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބޭންކިންގ ނިޒާމުގައި އިތުރަށް ހުރި ފައިސާގެ ތެރެއިން އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނިޒާމުން ބޭރުކޮށްފައި ކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މީގެ އިތުރުން، ޝޯޓް ޓާމް ލިކުއިޑިޓީގެ މިންވަރު 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާއަށް ވަނީ ކުޑަކުރެވިފައި ކަމަށް މަރުކަޒީ ބޭންކުން ވިދާޅުވެއެވެ.

އިގްތިސާދުގައި ދައުރުވާ ދިވެހި ރުފިޔާގެ މިންވަރު އިތުރުވުމުގެ މައިގަނޑު ސަބަބުގެ ތެރޭގައި، ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޚަރަދަށް ޒިންމާވުމުގެ ގާނޫނު ސަސްޕެންޑުކޮށް 8 ބިލިއަން ރުފިޔާ ޗާޕުކުރުން ހިމެނެއެވެ. ރައީސް ޑރ މުހައްމަދު މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ފައިސާ ޗާޕުނުކުރައްވާނެ ކަމަށެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450