Ads by Exprox

ޚަބަރު

މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި!

މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމުގެ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި!

ބީބީއެންޖޭގައި ރާއްޖެއިން ސޮއިކުރުން. ފޮޓޯ: ޚާރިޖީ ވުޒާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ސެޕްޓެމްބަރު 2024، 07:19

04 ސެޕްޓެމްބަރު 2024، 07:19

އދގެ އާންމު މަޖިލީހުގައި ފާސްކުރި މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ހިމާޔަތްކުރުމާބެހޭ މުއާހަދާއެއްކަމަށްވާ "ބަޔޯޑައިވަރސިޓީ ބިޔޯންޑް ނޭޝަނަލް ޖުރިސްޑިކްޝަން" (ބީބީއެންޖޭ) ގައި ރާއްޖޭން ސޮއިކޮށްފިއެވެ.

އދ. މިދިޔަ އަހަރުން ޖޫން މަހު އެކުލަވާލި މުއާހަދާގައި ރާއްޖެއިން ސޮއި ކުރުމާއިއެކު، ރާއްޖެ ވެގެން ގޮސްފައިވަނީ މި މުއާހަދާގައި ސޮއި ކުރި 92 ވަނަ ޤައުމަށެވެ.

މިކަމާއި ގުޅޭ ގޮތުން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އެންމެ އަގުހުރި ވަސީލަތްތައް ކަމުގައިވާ ކަނޑާއި އޭގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރައްވާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.

ކަނޑު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މައްޗަށް ދިވެހިން ބަރޯސާވާކަން ފާހަގަކުރައްވާ، ވަޒީރު ޒަމީރު ވިދާޅުވީ، ބީބީއެންޖޭ މުޢާހަދާއިން މާކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުވެގެންދާނެކަމަށާއި، މިކަމުގެ ސަބަބުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތަށް ކުރިއެރުން ލިބިގެންދާނެކަމަށެވެ.



ވަޒީރު ޒަމީރު ވިދާޅުވީ، މިއީ ކަނޑު ހިމާޔަތްކުރުމަށް ގިނަ ފަރާތްތަކެއް ގުޅިގެން މަސައްކަތްކުރުމަށްވާ ވައުދުގެ ރަމްޒެއް ކަމަށާއި، މިކަމުގައި ރާއްޖެއިން އަދާކުރަން ޖެހޭ ދައުރު އަދާކުރުމަށް ތައްޔާރަށް ތިބި ކަމަށެވެ.

ބީބީއެންޖީގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

މި މުޢާހަދާ އަކީ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ އިތުރުން، ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކުރުމަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco