ދުނިޔެ

ހޫޡީން ސައުދީއަށް ހަމަލާދީ 11 މީހުން ޒަހަމްކޮށްލައިފި

ހޫޡީން ސައުދީއަށް ހަމަލާދީ 11 މީހުން ޒަހަމްކޮށްލައިފި

ހޫޡީ ހަނގުރާމަވެރިން. ފޮޓޯ: ރޮއިޓަރސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

07 އޯގަސްޓު 2026، 03:45

07 އޯގަސްޓު 2026، 03:45

ޔަމަނުގެ ހޫޘީން ސައުދީ އަރަބިއްޔާގެ ދެކުނަށް ދިން ހަމަލާއެއްގައި އާއްމުންގެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.

އެ ގައުމުގެ ދެކުނުގެ ނަޖްރާން ޕްރޮވިންސަށް ދިން މި ހަމަލާގައި ސައުދީގެ ހަތް މީހަކާއި، ޔަމަނުގެ މީހަކާއި، މިސްރުގެ ދެ މީހެއްގެ އިތުރުން ޕާކިސްތާނގެ ރައްޔިތަކު ވަނީ ޒަޚަމްވެފައެވެ.  ޒަޚަމްވި މީހުންގެ ތެރޭގައި 4 އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ހޫތީންގެ މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. މި ހަމަލާތައް ދީފައިވަނީ ސައުދީގެ މަދަދުލިބޭ ޔަމަނުގެ ސަރުކާރުގެ ސިފައިންނާއި ހޫތީ ހަނގުރާމަވެރިންނާ ދެމެދު ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރެއިންނެވެ. 

ނަން ހާމަނުކުރުމަށް އެދި ސައުދީގެ އިސް އޮފިޝަލަކު ވިދާޅުވީ، ސައުދީ، އެމެރިކާ އަދި މެދުއިރުމަތީގެ އެހެން ގައުމުތަކުގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސްގެ ބެލުމުގެ ދަށުން ހޫޘީންނާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ވަރަށް އަވަހަށް ސައުދީގެ އާންމު ތަންތަނަށާއި، ހަކަތައިގެ އިންފްރާސްޓްރަކްޗަރ، ބަނދަރުތަކާއި އެއާޕޯޓްތަކަށް ގުޅިގެން ހަމަލާދީފާނެ ކަމަށެވެ.

މި ނުރައްކާތައް ބޮޑުވަމުން ދިޔުމާއި ގުޅިގެން، ސައުދީއިން ދަނީ މުހިންމު ބައިވެރިންނާ އެކު ސަލާމަތީ އެއްބާރުލުން އިތުރުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ޕާކިސްތާނުން ހުކުރު ދުވަހު ސައުދީގައި ދިފާއީ އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީ އޮފިޝަލް ވިދާޅުވީ، ރިޔާޟުން އީރާނާ އެކު އޮތް ހަމަނުޖެހުންތައް ކުޑަކޮށް، މަޝްވަރާގެ މަގުން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިފަދަ އިންޒާރުތައް ލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރެވޭ މަސައްކަތްތައް "ރަނގަޅު މިސްރާބަކަށް" ދާކަމަށް ފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450