ޚަބަރު
އޯގަސްޓު މަހުގެ ފުރަތަމަ ހަފްތާގައި އެމްއެންޑީއެފުން 65 މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފި
ކޯސްޓް ގާރޑް---
މި ހިނގާ އޯގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި، ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޞިއްޙީ އަވަސް ފަރުވާ ބޭނުންވި 65 ފަރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މެޑިކަލް އިވެކުއޭޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގައި އެންމެ ގިނަ އިވެކުއޭޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިންނެވެ. އެ ސްކޮޑްރަންއިން ވަނީ ބަލިމީހުން އުފުލުމުގެ 42 އޮޕަރޭޝަނެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.
މީގެ އިތުރުން، ކޯސްޓްގާޑުގެ އެހެނިހެން ސްކޮޑްރަންތަކުން ވެސް ވަނީ މި ޚިދުމަތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެގޮތުން:
- ސެކަންޑް ސްކޮޑްރަންއިން: 4 އިވެކުއޭޝަން
- ތާޑް ސްކޮޑްރަންއިން: 11 އިވެކުއޭޝަން
- ހަތަރު ވަނަ ސްކުއަޑްރަންއިން: 6 އިވެކުއޭޝަން
ކޯސްޓްގާޑުގެ އުޅަނދުފަހަރުގެ އިތުރުން، ސީ އެމްބިއުލަންސްގެ ޚިދުމަތް ބޭނުންކޮށްގެން ވެސް ވޭތުވެދިޔަ ހަފުތާގައި ދެ މެޑިކަލް އިވެކުއޭޝަން ކުރިއަށް ގެންގޮސްފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
ވޭތުވެދިޔަ ހަފުތާގައި އެމްއެންޑީއެފް ކޯސްޓްގާޑުން ޞިއްޙީ އަވަސް ފަރުވާ ދިނުމަށް ބަލިމީހުން އުފުލުމުގެ 65 މެޑިކަލް އިވެކުއޭޝަން ވަނީ ހަދައިދީފަ. pic.twitter.com/UJ7Gh0fY30
— Maldives National Defence Force (@MNDF_Official) August 7, 2026
މި އިވެކުއޭޝަންތަކަކީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި، އެކަށީގެންވާ ފަރުވާ ލިބޭނެ މަރުކަޒުތަކަށް ބަލިމީހުން އަވަހަށް ގެންގޮސްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުއްލި ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބަލިމީހުން ސިއްހީ ފަރުވާ ލިބޭ މަރުކަޒުތަކަށް ގެންގޮސްދިނުމަކީ ކޯސްޓްގާޑުން ގަވާއިދުން ކުރަމުން އަންނަ މަސައްކަތެކެވެ.