Ads by Farudhun

ޚަބަރު

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ވެސް ހުޅުވައިފި

ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ވެސް ހުޅުވައިފި

ހެނބަދޫގައި ތަރައްގީކުރި ކުޑަކުދިންގެ ޕާކު ހުޅުވުން / ފޮޓޯ: މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓު

farudhun logo

ފަރުދުން

09 އޯގަސްޓު 2026، 10:52

09 އޯގަސްޓު 2026، 10:52

ސަރުކާރުން ރަށްރަށުގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ނ. ހެނބަދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށްޓަކައި ހޮނިހިރު ދުވަހު ހެނބަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕާކު ހުޅުވައިދެއްވީ މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންއެވެ. ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްގެން ތަރައްޤީކުރި މި ޕާކަކީ، އެ ރަށުގެ ކުޑަކުދިންނަށް އުފާވެރި އަދި ރައްކާތެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބިނާކުރެވުނު ތަނެކެވެ.



ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމް ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ހެނބަދޫ ޕާކަކީ މި ދަތުރުފުޅުގައި ހުޅުވުނު ތިންވަނަ ޕާކެވެ. މީގެ ކުރިން މި ދަތުރުފުޅުގައި ވަނީ އެ އަތޮޅު ވެލިދޫ އަދި ކެނދިކުޅުދޫގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކުތައް ވެސް ރަސްމީކޮށް ހުޅުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ އުމްރާނީ ތަރައްޤީގެ އިތުރުން އިޖުތިމާޢީ ތަރައްޤީއަށް ދެއްވާ އަހައްމިއްޔަތުކަން ހާމަކޮށްދޭ މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރު ހިއްސާވާ މައިގަނޑު ފަސް ކުންފުންޏަކާއެވެ. އެއީ ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ، އެސް.ޓީ.އޯ އަދި އެޗް.ޑީ.ސީއެވެ.

ޕާކުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދަނީ ދެ ބެޗަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބެޗުގައި 14 ރަށެއްގެ މަސައްކަތް ހިމެނޭއިރު، ދެވަނަ ބެޗުގައި 32 ރަށެއްގެ ޕާކު ތަރައްޤީކުރުމަށް ވަނީ ތާވަލުކުރެވިފައެވެ. މި މަޝްރޫޢުގެ ސަބަބުން ރަށްރަށުގެ ކުޑަކުދިންނަށް ކުޅިވަރު ކުޅުމަށާއި އިޖުތިމާޢީ ބައްދަލުވުންތަކަށް ފަހި މާޙައުލެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450