Ads by Farudhun

ޚަބަރު

ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި

ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު ރަސްމީކޮށް ހުޅުވައިފި

ކުޑަފަރީގައި ތަރައްޤީކުރި ކުޑަކުދިންގެ ޕާކު. ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

10 އޯގަސްޓު 2026، 08:46

10 އޯގަސްޓު 2026، 08:46

ނ. ކުޑަފަރީގައި ސަރުކާރުން ތަރައްޤީކުރި ކުޑަކުދިންގެ ޕާކުގެ މަސައްކަތް ނިންމައި، އެ ތަން ރަސްމީކޮށް ހުޅުވާލައިފިއެވެ.

މިކަމަށް ޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގެ ތެރެއިން، ޕާކު ހުޅުއްވައިދެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ  ސްޓޭޓް މިނިސްޓަރު އަޙްމަދު ސާލިމާއި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޢަފީފް ޙުސައިންއެވެ. 

މިއީ، ކުޑަކުދިންގެ ޕާކެއް ނެތް ކޮންމެ ރަށެއްގައި ޕާކެއް ޤާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ތަރައްޤީކުރެވުނު ޕާކެކެވެ. 



ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 46 ރަށެއްގައި ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ ސަރުކާރު ހިއްސާވާ 5 ކުންފުންޏަކާއި ހަވާލުކުރެވިފައެވެ.  މި މަސައްކަތުގައި ބައިވެރިވާ ކުންފުނިތަކަކީ ފެނަކަ ކޯޕަރޭޝަން، އެމް.ޓީ.ސީ.ސީ، އާރް.ޑީ.ސީ، އެސް.ޓީ.އޯ އަދި އެޗް.ޑީ.ސީއެވެ.

ޕާކުތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށްވާއިރު، ފުރަތަމަ ބައިގައި 14 ރަށެއް ހިމެނެއެވެ. އަދި ދެވަނަ ބައިގެ ތެރޭގައި 32 ރަށް ހިމެނެއެވެ.

ކުޑަފަރީގައި ހުޅުވިގެންދިޔަ ޕާކަކީ އެ ރަށުގެ ކުޑަކުދިންނަށް އުފާވެރިކަމާއި، ރައްކާތެރިކަމާއެކީ ކުޅެލާނެ ފުރުޞަތު ފަހިކޮށްދިނުމަށް ޓަކައި ޤާއިމުކުރެވުނު ތަނެކެވެ. މި ތަނުގެ ސަބަބުން ރަށުގެ އިޖުތިމާޢީ ގުޅުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450