Ads by Farudhun

ޚަބަރު

ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑުބައެއް ބަލައިފި

ގެއްލުނު މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑުބައެއް ބަލައިފި

އެމްއެންޑީއެފްގެ ރެސްކިއު އުޅަނދެއް---

farudhun logo

ފަރުދުން

10 އޯގަސްޓު 2026، 02:28

10 އޯގަސްޓު 2026، 02:28

"ފްރެންޑް 4" ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ދަށުން، ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މިހާތަނަށް ކުރި މަސައްކަތުން ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު މީހުން ފެނިފައެއް ނުވެއެވެ.

ޖުމްލަ 8 މީހުންނާއެކު ދަތުރުކުރި މި ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ ރިޕޯޓް ލިބިފައިވަނީ 2026 އޯގަސްޓް 5 ވަނަ ދުވަހުގެ ރޭ 23:22 ހާއިރުއެވެ. ގިނަ އަދަދެއްގެ މުދަލާއެކު ދޯނި އަޑިއަށް ގޮސްފައިވާއިރު، އޭގައި ތިބި މީހުންގެ ތެރެއިން 7 މީހަކު ވަނީ ކަނޑުމަތިން ސަލާމަތް ކުރެވިފައެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ ކަނޑުވި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވި ނ. މަނަދުއަށް ނިސްބަތްވާ ފުލުސް ސާޖަންޓް އަލީ ނާފިއު އާއި، ސިފައިންގެ ބޭކަލެއް ކަމަށްވާ އިބްރާހިމް އަހުމަދުގެ އިތުރުން، ދޯނީގެ ކެޕްޓަން ތ. މަޑިފުއްޓަށް އުފަން މުހައްމަދު ހަމްދޫންއެވެ.

ކަނޑުމަތީގެ މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450