Ads by Farudhun

ޚަބަރު

325 ބައިވެރިންނާއި އެކު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް މާދަމާ ފަށަނީ

325 ބައިވެރިންނާއި އެކު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތް މާދަމާ ފަށަނީ

ވާހަކަދެއްކުމުގެ މުބަރާތުގައި ކުއްޖަކު ވާހަކަދައްކަނީ.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޯގަސްޓު 2026، 04:29

10 އޯގަސްޓު 2026، 04:29

އިބްރާހިމް ޝިހާބުގެ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 39 ވަނަ ގައުމީ މުބާރާތް މާދަމާ ފެށުމަށް ދިވެހިބަހުގެ އެކެޑަމީން ނިންމައިފިއެވެ.

މި މަހުގެ 11 އިން 30 އަށް ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ 325 ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތް މައިގަނޑު ދެ ބަޔަކަށް ބަހާލާފައިވާއިރު، އެއީ ދަރިވަރުންގެ ބަޔާއި އަމިއްލަ ފަރުދުންގެ ބައެވެ. މީގެ އިތުރުން އޮފީސްތަކާއި، ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކޮލެޖްތަކާއި ޔުނިވަރސިޓީތަކަށް ޚާއްޞަކޮށްގެން ބަހުސްކުރުމުގެ ބައިވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސްކޫލުތަކުގެ ބައި ކުރިއަށް ގެންދަނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތިއެވެ. މި ފަހަރުގެ މުބާރާތުގައި 51 ސްކޫލަކުން 302 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި އަތޮޅުތަކުގެ 11 ސްކޫލަކުން ބައިވެރިވާ 40 ދަރިވަރުންވެސް ހިމެނެއެވެ. އެންމެ ގިނަ ދަރިވަރުން ވާދަކުރަނީ ދަށު ސާނަވީ ގިންތީގައެވެ.

އަމިއްލަ ފަރުދުންގެ ބައިގައި 18 އަހަރުން ދަށުގެ ފުރާއާއި 18 އަހަރުން މަތީގެ ފުރާ ހިމެނޭއިރު، ބަހުސް ކުރުމުގެ ބައި ކުރިއަށް ގެންދަނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ބަހުސް ބައިގައި 4 މުއައްސަސާއަކުން ބައިވެރިވާއިރު، ތަފާތު ގޮތަކުން ކުޅަދާނަކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ބައިގައި ދެ ފަރާތަކުން ބައިވެރިވެއެވެ.

ސްކޫލު ދަރިވަރުންގެ ވާހަކަދެއްކުމުގެ ބައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ ފައްސިޔަ ބުރާއި އަރުތަ ބުރެއެވެ. އަރުތަ ބުރަށް ހޮވޭނީ ކޮންމެ ގިންތިއަކުން އެންމެ މަތިން މާކްސް ހޯދާ 10 ދަރިވަރުންނެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450