ވިޔަފާރި / ޚަބަރު

"އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފި

"އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ފިހާރަތަކަށް ހުޅުވާލައިފި

ކާބޯތަކެތި ވިއްކާ ފިހާރައެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 އޯގަސްޓު 2026، 07:31

10 އޯގަސްޓު 2026، 07:31

 އަސާސީ ކާބޯތަކެތީގެ އަގުތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ބަލާލެވޭ ގޮތަށް ފަރުމާކޮށްފައިވާ "އަގުމަގު" ޕޯޓަލްގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގެ ހުރިހާ ރަށެއްގެ ފިހާރަތަކަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

މި ޕޯޓަލްއަކީ ބާޒާރުގައި ތަކެތީގެ އަގު ހުރިނެތްގޮތް ދެނެގަތުމަށްޓަކައި 28 ފެބުރުވަރީ 2025 ގައި ރަސްމީކޮށް ލޯންޗުކުރި ޕޯޓަލްއެކެވެ. މި ޕޯޓަލްގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމާއި، ތަކެތީގެ އަގުތައް އެއްތަނަކުން ދެފުށް ފެންނަ ގޮތަކަށް ބަލާލެވޭނެ އިންތިޒާމު ހަމަޖެއްސުމެވެ.

އިޤްތިޞާދީ ވުޒާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވިދާޅުވީ، ކުރިން ހަމައެކަނި މާލޭގެ ފިހާރަތަކުގެ އަގުތައް ފެންނަން ހުރި ނަމަވެސް، އަލަށް ތައާރަފްކުރި "އަގުމަގު" އެޕްލިކޭޝަނާއެކު މިހާރު އަތޮޅުތެރޭގެ ރަށްރަށުގައި ވިއްކާ ތަކެތީގެ އަގުތައް ވެސް ފެންނާނެ ކަމަށެވެ. މި ޕޯޓަލްގައި ރަޖިސްޓްރީވުމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް ހާސް ކަސްޓަމަރުންނަށް އެ ފިހާރައެއްގައި ހުރި މުދަލުގެ އަގުތަކާއި ސްޓޮކާ ބެހޭ މަޢުލޫމާތު ވަގުތުން ފޯރުކޮށްދިނުމުގެ ފުރުޞަތު ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ.

މި ޕޯޓަލްގައި ބައިވެރިވާން ބޭނުންވާ ފިހާރަތަކަށް އެ ވުޒާރާއިން ދީފައިވާ ކިޔުއާރު ކޯޑު ސްކޭންކޮށްލައިގެން ނުވަތަ agumagu.trade.gov.mv ލިންކު މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެއެވެ.



މި ޕޯޓަލްގައި ހިމަނާފައިވާ އަސާސީ ކާބޯތަކެތީގެ ލިސްޓަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ރާއްޖޭގެ ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. "އަގުމަގު" އެޕް މެދުވެރިކޮށް ކޮންމެ ދުވަހަކު ބޭނުންކުރާ ތަކެތީގެ އެންމެ ފަހުގެ އަގުތަކާއި، އެކި ފިހާރަތަކުގެ މެދުގައި ހުރި އަގުގެ ތަފާތުތައް (އެންމެ ހެޔޮ، އެވްރެޖް އަދި އެންމެ ބޮޑު އަގު) ބަލާލެވޭނެއެވެ. މީގެ އިތުރުން، ފާއިތުވި 10 ދުވަހުގެ ތެރޭގައި ތަކެތީގެ އަގަށް އައި ބަދަލުތައް ވެސް މި އެޕް މެދުވެރިކޮށް ބަލާލެވޭނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.


Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450