ކުޅިވަރު

ގޯލްޑް ކަޕް: ގްރޫޕް-ސީގެ ފަހު ޖާގަ ކުރެންދޫއަށް

ގޯލްޑް ކަޕް: ގްރޫޕް-ސީގެ ފަހު ޖާގަ ކުރެންދޫއަށް

ގުރައިދޫއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައިވާ ކުރެންދޫގެ ކީޕަރު ސުޖަން--- ފޮޓޯ: ސިޑިބަރި

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޑިސެމްބަރު 2024، 08:55

04 ޑިސެމްބަރު 2024، 08:55

ހުލާސާ

ގުރައިދޫ ކޮޅަށް ކުރެންދޫއިން ކާމިޔާބުކުރި ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައި.

މުޅި މެޗުގައި ވެސް ގުރައިދޫގެ ހަމަލާތައް ދިފާއު ކުރުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިޔައީ ސްރީލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ކުރެންދޫގެ ގޯލްކީޕަރު، ސުޖަން ޕެރޭރާ.

ނައިންޓީ ޕްލަސް ގޯލްޑްކަޕްގެ ގްރޫޕް-ސީގެ ފަހު ޖާގަ ކުރެންދޫއިން ހޯދައިފިއެވެ. އެ ޓީމުން މުބާރާތުގެ ގްރޫޕް ފޭސް-2 އަށް ދަތުރުކުރީ އަންގާރަ ދުވަހު ކުޅުނު މެޗުގައި ގުރައިދޫ 1-0 އިން ބަލިކޮށްގެންނެވެ.

 

ގުރައިދޫ އާއި ކުރެންދޫ މި މެޗަށް ނިކުތްއިރު، ގުރައިދޫއިން މެޗު ކާމިޔާބުކޮށްގެން ގްރޫޕްގެ އެއްވަނަ ހޯދެން އޮތެވެ. އަދި އޭރުން ކުރެންދުއަށް ޖެހޭނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ. ނަމަވެސް، އެއާ ހިލާފަށް ކުރެންދޫ އިން މެޗު ކާމިޔާބު ކުރުމުން ގްރޫޕްގެ އެއްވަނަ ލިބުނީ އައްޑޫއަށެވެ. އަދި އަމިއްލަ ބާރެއް ނެތް ހުރާ އަށް ޖެހުނީ މުބާރާތާއި އަލްވަދާއު ކިޔާށެވެ.

 

ގުރައިދޫ ކޮޅަށް ކުރެންދޫއިން ކާމިޔާބުކުރި ހަމައެކަނި ގޯލު ފެނިގެން ގޮސްފައިވަނީ ފަހު ހާފުގައެވެ. މެޗުގެ 67 ވަނަ މިނެޓުގައި މި ގޯލު ޖަހާދީފައިވަނީ ކުރެންދޫގެ ބެލްޖިއަމަށް ނިސްބަތްވާ މިޑްފީލްޑަރ، ޖޯޑީ ބާޓްއެވެ. 

 

މުޅި މެޗުގައި ވެސް ގުރައިދޫގެ ހަމަލާތައް ދިފާއު ކުރުމުގައި އެންމެ ބުރަ މަސައްކަތްތަކެއް ކުރިތަން ފެނިގެން ދިޔައީ ސްރީލަންކާގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ކުރެންދޫގެ ގޯލްކީޕަރު، ސުޖަން ޕެރޭރާއެވެ. 

 

މި ނަތީޖާއާއެކު، އައްޑޫ ސިޓީ ގްރޫޕްގެ އެއްވަނައިގައި އޮތީ 5 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ގުރައިދޫ އާއި ކުރެންދޫއަށް 4 ޕޮއިންޓު ލިބިފައިވާއިރު، ގުރައިދޫ ދެވަނައިގައި އޮތީ ފައިދާ އެއް ގޯލާއެކުއެވެ.

މި ލިޔުން ކިޔާލުމުން