Ads by Farudhun

ޚަބަރު

ޑިޖިޓަލައިޒްކޮށް ނިމޭއިރު ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޕްރޮސެކިއުޝަނަކަށް ރާއްޖެ ވެގެން ދާނެ: ޕީޖީ

ޑިޖިޓަލައިޒްކޮށް ނިމޭއިރު ދުނިޔޭގައި އޮތް އެންމެ ފުރިހަމަ ޕްރޮސެކިއުޝަނަކަށް ރާއްޖެ ވެގެން ދާނެ: ޕީޖީ

"ޕީޖީއޯ 2.0" އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޯގަސްޓު 2026، 02:47

11 އޯގަސްޓު 2026، 02:47

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޑިޖިޓަލައިޒް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި "ޕީ.ޖީ.އޯ. 2.0" ފުރިހަމައަށް ތަންފީޒުކޮށް ނިމޭއިރު، މި ސަރަޙައްދާއި މުޅި ދުނިޔޭގައި ވެސް އެންމެ ކުރިއަރާފައިވާ ޕްރޮސެކިއުޝަނަކަށް ރާއްޖޭގެ ޕީ.ޖީ.އޯ. ވެގެން ދާނެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ ސަރުކާރުގެ 2.0 ސިޔާސަތުގެ ދަށުން ޕްރޮސެކިއުޓަރ ޖެނަރަލް އޮފީހުގެ ޚިދުމަތްތަކާއި މަސައްކަތްތައް ޑިޖިޓަލައިޒްކުރުމަށްޓަކައި، "ޕީ.ޖީ.އޯ. 2.0" މަޝްރޫޢު އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވީ، ޕީ.ޖީ.އޯ. 2.0 އެއްކޮށް ތަންފީޒުވެގެންދާއިރު، އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް މޯބައިލް ޑިވައިސް ދެވޭނެ ކަމަށެވެ. މިއާއެކު، މުވައްޒަފަކު ކޮންމެ ތަނެއްގައި ހުއްޓަސް މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވޭނެ ކަމަށާއި، އަދި މީހަކު ހުރި ތަނެއްގެ ސަބަބުން އެމީހަކަށް ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ހުރަހެއް ނޯންނާނެ ކަމަށްވެސް ޕީޖީ ފާހަގަކުރެއްވިއެވެ.

ޕީ.ޖީ.އޯ. 2.0 އާއެކު، މީހަކު ހުރި ތަނެއްގެ ސަބަބުން އެމީހަކަށް ދޭންޖެހޭ އެއްވެސް ޚިދުމަތަކަށް ހުރަހެއް ނޯންނާނެ.

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަކުރެވެނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރަން ފެށުމެވެ. ޕީޖީ ވިދާޅުވީ ޕީ.ޖީ.އޯ. 2.0 އާއެކު، އެ އޮފީހަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރާނީ އޭއައި މެދުވެރިކޮށް ކަމަށެވެ. މިއާއެކު އިދާރީ ލަސްތައް ނައްތާލައި، މައްސަލަ ނިންމުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް އަވަސްވެގެންދާނެއެވެ. ޕީޖީ އޮފީހުން ސިފަކުރާ ގޮތުގައި މިއީ މުޅި ނިޒާމަށް އަންނަ އިންގިލާބީ ބަދަލެކެވެ.

"ޕީ.ޖީ.އޯ. 2.0 އާއެކު، ޕީ.ޖީ.އޯ. އަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރާނީ އޭއައި މެދުވެރިކޮށް. މިއާއެކު މައްސަލަ ނިންމުމަށް ހޭދަވާ ވަގުތު ވަރަށް އަވަސްވެގެން ދާނެ.."

ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ޕީޖީ އޮފީހުގެ އައު ވެބްސައިޓް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ވެބްސައިޓަކީ ކޭސް މެނޭޖުމެންޓު ސިސްޓަމާ ގުޅިފައިވާ، އޮޓޮމެޓިކުން މައުލޫމާތު ޝާއިޢުކުރެވޭނެ ސިސްޓަމެކެވެ. އެގޮތުން މައްސަލަތަކުގެ ހުލާސާއާއި، ދައުވާ ލިބޭ މީހުންގެ މައުލޫމާތާއި އަޑުއެހުންތަކުގެ ތާވަލުތައް ވަގުތުން އަޕްޑޭޓުވަމުންދާނެއެވެ. އަދި 2027 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ހުރިހާ މައްސަލަތަކެއްގެ ރެޖިސްޓްރީ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމުގައި ބޭނުންކުރާ ހުރިހާ ޤާނޫނުތަކާއި، ޤަވާއިދުތަކާއި ކޯޓު ނިންމުންތައް ހިމެނޭ "ލެތުން" މޯބައިލް އެޕްލިކޭޝަން ވެސް މި ރަސްމިއްޔާތުގައި ވަނީ ތައާރަފްކޮށްފައެވެ. ސްމާޓް ސާޗް އިންޖީނަކާއެކު ފަރުމާކޮށްފައިވާ މި ޑިޖިޓަލް ލައިބްރަރީގެ ސަބަބުން، ޤާނޫނީ މައުލޫމާތު ހޯދުމަށް ފޮތްތަކާއި ޤަވާއިދުތަކުގެ ތެރޭގައި ހޭދަކުރާ ވަގުތަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450