ވިޔަފާރި / ޚަބަރު

ޑޮލަރާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމަކީ މާކެޓަށް ނޭދެވޭ އަސަރުކުރާ ކަމެއް: ފިރާގު

ޑޮލަރާ ގުޅޭގޮތުން ދޮގު ޚަބަރު ފެތުރުމަކީ މާކެޓަށް ނޭދެވޭ އަސަރުކުރާ ކަމެއް: ފިރާގު

އިނަރ މޯލްޑިވްސްގެ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ފިރާގު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 03:56

11 އޯގަސްޓު 2026، 03:56

ޑޮލަރުގެ އަގާއި ބެހޭގޮތުން ނޫސްތަކުގައި ފަތުރާ ބައެއް ޚަބަރުތަކުގެ ސަބަބުން މާކެޓަށް ނޭދެވޭ އަސަރުކުރާ ކަމަށާއި، ބައެއް ޤައުމުތަކުގައި އެގޮތަށް ޚަބަރު ފެތުރުމަކީ ޤާނޫނީ ކުށެއް ކަމަށް އިނަރ މޯލްޑިވްސްގެ ފައުންޑަރ އަދި ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މިފަދައިން ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ރޭ ބޭއްވި "އިޤްތިޞާދުގެ ދެފަރާތް" ފޯރަމުގައި ވާހަކަދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދަކީ ސިޔާސީ ކަންތައްތަކަށްވުރެ ބޮޑަށް އެންމެންގެ އާންމު ދިރިއުޅުމާ ގުޅިފައި އޮތް ކަމެއް ކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދިނުމަށް ކަމަށާއި، އެގޮތުން ނިންމާ ނިންމުންތަކުގައި ބައެއް މީހުން ހިތްހަމަޖެހޭ އަދި ހިތްހަމަނުޖެހޭ ކަންކަން ހުންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަޅުގަނޑު ނުދަންނަވަން މިހާރު މިއީ އެންމެ ހިތްގައިމު ދުވަސްވަރެކޭ. ދުނިޔޭގެ އިޤްތިޞާދަށް އައި ބަދަލުތަކާ އެކީގައި އަޅުގަނޑުމެންނަށްވެސް އެ އުނދަގޫތައް ތަހައްމަލްކުރަންޖެހޭ. ހަމަ އެގޮތަށް އަޅުގަނޑުމެންގެ ތެރޭގައި ހުރި މައްސަލަތައްވެސް އަޅުގަނޑުމެން ހައްލުކުރަންޖެހޭ،

      ފިރާގު 

ރާއްޖޭގެ މާލީ ބާޒާރާ ބެހޭގޮތުން ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ، ރާއްޖޭގައި ދައުރުވާ ފައިސާއަކީ ހަމައެކަނި ދިވެހިންގެ ބޭނުންތަކަށް ބޭނުންކުރާ ފައިސާ ނޫން ކަމަށެވެ. ރާއްޖޭގައި ދިރިއުޅޭ 280,000 އެއްހާ ބިދޭސީން ކޮންމެ މަހަކު އެމީހުންގެ ޤައުމުތަކަށް ފައިސާ ފޮނުވަން ޖެހުމަކީ މާކެޓްގައި ފައިސާ ހިފަހައްޓަން އުނދަގޫވާ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، ރާއްޖޭގެ މާލީ ސިޔާސަތުތައް ޒަމާނީ ގޮތަކަށް ބަދަލުކުރަން ޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޑޮލަރުގެ ކަޅު ބާޒާރާ ބެހޭގޮތުން ވާހަކަދައްކަވަމުން ފިރާގު ފާހަގަކުރެއްވީ، ބީއެމްއެލްއިން އާންމުންނަށް ލުއިތަކެއް ދޭއިރު، އޭގެ ނަހަމަ ފައިދާ ނަގައި ނުގަވައިދުން ޑޮލަރުގެ ވިޔަފާރި ކުރާ ބަޔަކު އުޅޭ ކަމަށެވެ. "ނުއަގުގައި ބޭނުން ވަރަކަށް ލިބޭ ޑޮލަރު ގަންނަން. އަޅުގަނޑުމެންނަށް ޑޮލަރު ނުލިބިގެނެއް ނޫޅެން. އެހެންނަމަވެސް ޑޮލަރުގެ މި އިންނަ އާޓިފިޝަލް ޕްރައިސްއެއް (އުފައްދާފައިވާ އަގެއް) މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޑޮލަރާ ގުޅޭގޮތުން ނޫސްތަކުގައި ފަތުރާ ޚަބަރުތަކުގެ ސަބަބުން "މާކެޓް ރިއެކްޓް" ކުރާކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ފުޅާވެފައިވާ މިންވަރާ ބަލާއިރު، މިފަދަ ކަންކަން ކޮންޓްރޯލްކުރާނެ ހަރުދަނާ ޤާނޫނުތަކެއް ރާއްޖޭގައި ނެތް ކަމަށެވެ. ބައެއް ކުރިއަރާފައިވާ ޤައުމުތަކުގައި އިޤްތިޞާދަށް ނޭދެވޭ އަސަރުކުރާ ފަދަ ޚަބަރުތައް ފެތުރުމަކީ ބޮޑު ކުށެއްގެ ގޮތުގައި ބަލާކަން އޭނާ ފާހަގަކުރެއްވިއެވެ.
 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450