ވިޔަފާރި / ޚަބަރު

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން އިތުރުކޮށްފި

ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމްއެމްއޭ އިން  އިތުރުކޮށްފި

އެމެރިކާ ޑޮލަރު ފޮޓޯ: އިންޓަނެޓް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2026، 06:47

11 އޯގަސްޓު 2026، 06:47

ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.

އެމްއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް މި ގެނައި ބަދަލަކީ ބޭންކިންގ ނިޒާމުގެ ތެރެއިން ޑޮލަރު ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ. މީގެ މައިގަނޑު މަގުސަދަކީ މުދާ އިމްޕޯޓްކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު ވަނީ ނިސްބަތުން މަދުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމެވެ. މިކަމުގެ ސަބަބުން ބޭރު ފައިސާގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެމްއެމްއޭ އިން ދަނީ ސަރުކާރާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މީގެ ކުރިންވެސް ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމަށް އެމްއެމްއޭ އިން ވަނީ އެކި ފަހަރުމަތިން ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްފައެވެ. އެގޮތުން، މިއަހަރުގެ ރަމަޟާން މަހާ ދިމާކޮށް ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށްޓަކައި ބޭންކުތަކަށް ދޫކުރާ ޑޮލަރު 32 އިންސައްތަ އިތުރުކުރިއެވެ. އަދި ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން މިދިޔަ ޖޫން މަހުވެސް ވަނީ 26 އިންސައްތައިގެ އިތުރުވުމެއް ގެނެސްފައެވެ.

މިހާރު ގެނެވުނު 51 އިންސައްތައިގެ އިތުރުވުމާއެކު، ބާޒާރުގައި ޑޮލަރުގެ ތާށިކަން ކުޑަވެ، އިގްތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް މާލީ މާހިރުން ލަފާކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450