ކުޅިވަރު

ގައުމީ ޓީޓީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ދީމާ އާއި ޝައްފާން

ގައުމީ ޓީޓީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ދީމާ އާއި ޝައްފާން

ގައުމީ ޓީޓީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ދީމާ އާއި ޝައްފާން / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޯގަސްޓު 2026، 09:26

12 އޯގަސްޓު 2026، 09:26

މާލޭ ޓީޓީ ހޯލުގައި ކުރިއަށްދިޔަ 64 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ އަދި ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއިލް ހޯދައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އަންހެން ސިންގަލްސް ފައިނަލް މެޗުގައި، އައިޝަތު ރަފާ ނާޒިމްގެ މައްޗަށް ދީމާ ކުރިހޯދީ 4-1 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 11-09 އިން ރަފާ ގެންދިޔަ ނަމަވެސް، ދީމާ ވަނީ ވަރުގަދަ ކުޅުމެއް ދައްކައި ޖެހިގެން އައި ހަތަރު ސެޓު 11-05، 11-05، 11-08 އަދި 12-10 އިން ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ރަފާ މި މުބާރާތް ކާމިޔާބުކުރީ، އޭގެ ކުރިން ފަސް އަހަރު މި މުބާރާތް ކާމިޔާބުކޮށްފައި ވަނިކޮށެވެ. ނަމވެސް ދީމާ މިވަނީ މި އަހަރު އަލުން ތަށި ހޯދައިފައެވެ.

ފިރިހެން ސިންގަލްސް ބައިގެ ޗެމްޕިއަންކަން ޝައްފާން ހޯދީ ފައިނަލްގައި މޫސާ މުންސިފްއާ ވާދަކޮށްގެންނެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ވެސް މި ދެ ކުޅުންތެރިން ބައްދަލުކުރިއިރު، އެ ފަހަރު ވެސް މުންސިފް ބަލިކޮށް ތަށި އުފުލާލީ ޝައްފާންއެވެ. މި އަހަރުގެ ފައިނަލް މެޗުގެ ހަތަރުވަނަ ސެޓު 11-05 އިން މުންސިފް ގެންދިޔަ ނަމަވެސް، ފަސްވަނަ ސެޓުގައި ޝައްފާން ވަނީ އޭނާގެ މޮޅު ކުޅުން ތަކުރާރުކޮށް 11-08 އިން ސެޓު ކާމިޔާބުކޮށް މުބާރާތުގެ ތަށި ދިފާއުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މި އަހަރުގެ ޤައުމީ މުބާރާތުގެ ސިންގަލްސް ޗެމްޕިއަންކަން ޝައްފާން އާއި ދީމާ ހޯދިއިރު، މި މުބާރާތުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ ވެސް މި ދެ ކުޅުންތެރިންގެ ޕެއާއެވެ. މިއާއެކު ދީމާ އާއި ޝައްފާން ވަނީ މި އަހަރުގެ މުބާރާތުގައި މޮޅު ކުޅުމެއް ދައްކައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450