Ads by Farudhun

ޚަބަރު

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫއު: ބިން ހިއްކުމާއި ހިމާޔަތްކުރުމުގެ 79 އިންސައްތަ ނިމިއްޖެ

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫއު: ބިން ހިއްކުމާއި ހިމާޔަތްކުރުމުގެ 79 އިންސައްތަ ނިމިއްޖެ

ތ. ގުރައިދޫ އެއާޕޯޓް މަޝްރޫއު. ފޮޓޯ: އެމްޓީސީސީ

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

12 އޯގަސްޓު 2026، 05:04

12 އޯގަސްޓު 2026، 05:04

ތ. ގުރައިދޫގައި ތަރައްޤީކުރާ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ  ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ ކުންފުނިން ވަނީ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރެވެޓްމަންޓް ޖެހުމާއި ޖިއޯ ބޭގް ރެވެޓްމަންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.

 މަޝްރޫޢުގެ ދަށުން، 979 މީޓަރުގެ ސަރަޙައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި، 609 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. އަދި އެ ކުންފުނިން ދަނީ  މި މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް  މަސައްކަތް ކުރަމުންނެވެ.

ގުރައިދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. 



އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށްގެންދާއިރު، އެއާޕޯޓް ތަރައްޤީކުރަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ. އެމްއޭސީއެލްއާ މި މަސައްކަތް ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ގުރައިދޫ އެއާޕޯޓްގެ މަސައްކަތް 22 މަސް ދުވަހުން ނިންމާ، 2027 ވަނަ އަހަރުގެ މިނިވަން ދުވަހު އެއާޕޯޓް ޚިދުމަތަށް ގެންނާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފައެވެ.

1,300 އެއްހާ ރައްޔިތުން ދިރިއުޅޭ ތ. ގުރައިދޫގައި އެއާޕޯޓެއް  ބިނާވެގެންދިއުމަކީ، މުޅި އަތޮޅުގެ އިޤްތިޞާދީ އަދި އިޖްތިމާއީ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ. އަދި އެ  އަތޮޅުގައި ޓޫރިޒަމްގެ ފުރުޞަތުތައް  މި އެއާޕޯޓުގެ ސަބަބުން އިތުރުވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރެވެއެވެ.

 

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450