ވިޔަފާރި / ޚަބަރު

ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން ބީއެމްއެލްއިން ނިންމައިފި

ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރަން ބީއެމްއެލްއިން ނިންމައިފި

ބޭންކް އޮފް މޯލްޑިވްސް ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 އޯގަސްޓު 2026، 08:06

12 އޯގަސްޓު 2026، 08:06

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ލިބޭ ޑޮލަރުގެ މިންވަރާއި ކަސްޓަމަރުން ހުށަހަޅާ ޓެލެގްރެފިކް ޓްރާންސްފަރ (ޓީޓީ) ތަކުގެ އަދަދަށް ބަލައި، ކުރިއަށް އޮތް ތިން ހަފްތާގެ މުއްދަތަށް ޓީޓީތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރުކުރުމަށް އެ ބޭންކުން ނިންމައިފިއެވެ.

ބީއެމްއެލް އިން މިގޮތަށް ނިންމާފައިވަނީ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ތިން ހަފްތާގެ މުއްދަތަކަށް ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމާ ގުޅިގެންނެވެ. މިއީ ރާއްޖޭގެ ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތްތައް ފަސޭހަކޮށްދިނުމަށް އެޅި ފިޔަވަޅެކެވެ.

ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ޓީޓީ ފޮނުވުމަށްޓަކައި 186 މިލިޔަނަށްވުރެ ގިނަ ޑޮލަރު ބޭންކުން ވަނީ ކަސްޓަމަރުންނަށް ދޫކޮށްފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 27 މިލިޔަން ޑޮލަރެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު 12 މިލިޔަން ޑޮލަރުގެ އިތުރުވުމެކެވެ.

ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ޖުމްލަ 570 މިލިޔަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވާކަން ބީއެމްއެލް އިން ފާހަގަކުރެއެވެ. މިއީ ދުވާލަކަށް އެވްރެޖްކޮށް 2.7 މިލިޔަން ޑޮލަރެވެ.

ބީއެމްއެލް އިން ވިދާޅުވީ، އާންމު ފަރުދުންނަށާއި ވިޔަފާރިތަކުގެ އެކި ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. އަދި ބޭންކުގެ އެންމެ މުހިންމު އެއް މަސްއޫލިއްޔަތަކީ ކަސްޓަމަރުންގެ ބޭނުންތަކާއި ބޭންކުގެ ބޭރު ފައިސާގެ ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެންސްކޮށް ބެލެހެއްޓުން ކަމަށްވެސް އެ ބޭންކުން ހާމަކުރެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450