ކުޅިވަރު

ޕްރިލިމިނަރީ މެޗުން ބަލިވުމުން މާޒިޔާއަށް އޭއެފްސީ ޗެލެންޖު ލީގު ނިމުމަކަށް

ޕްރިލިމިނަރީ މެޗުން ބަލިވުމުން މާޒިޔާއަށް އޭއެފްސީ ޗެލެންޖު ލީގު ނިމުމަކަށް

މެޗުގެ ތެރެއިން މާޒިޔާގެ ލޫތުގެ އަތުން ބޯޅަ ހޯދުމަށް އިދިކޮޅު ކުޅުންތެރިޔާ މަސައްކަތް ކުރަނީ / ފޮޓޯ: ޕީއެސްއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޯގަސްޓު 2026، 09:56

13 އޯގަސްޓު 2026، 09:56

އޭއެފްސީ ޗެލެންޖު ލީގުގެ ކޮލިފިކޭޝަންގައި ތަޖިކިސްޠާނުގެ ރެގާރު ޓަޑާސް އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެއެވެ.

އޭޝިއާގެ ކްލަބުތަކުގެ މެދުގައި ބާއްވާ ތިންވަނަ ދަރަޖައިގެ މުބާރާތް ކަމަށްވާ އޭއެފްސީ ޗެލެންޖު ލީގަށް ކޮލިފައިވުމަށް މާލޭގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފޭގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފުގައި ރެގާރު ޓަޑާސް އިން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް އަތުލާފައެވެ. އެގޮތުން ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނިޓްގައި، ޚައިތޮވް އަޒިޒްބެކް ނަގައިދިން ހުރަހަކަށް މުޅިން ހުސްކޮށް އަރައި ޕަންޒިއޭވް އޮޒޯބެކް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

މި ލަނޑަށްފަހު ރެގާރު ޓަޑާސް އިން ދިޔައީ މާޒިޔާގެ ޑިފެންސަށް ބާރުބޮޑުކޮށް ނުރައްކާތެރި ހަމަލާތަކެއް އުފައްދަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 89 ވަނަ މިނިޓްގައި ޕަންޒިއޭވްގެ އެހީތެރިކަމާއެކު ޝަރްޒާދް މަހަމެޑޯވް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ޝަފަރޯވް ވަނީ ރެގާރު ޓަޑާސްގެ ތިންވަނަ ލަނޑު ޖަހައި މާޒިޔާގެ އުއްމީދުތައް މުޅިން ފުނޑުފުނޑުކޮށްލާފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ތަޖުރިބާކާރު މިޑްފިލްޑަރު އިބްރާހީމް އައިސަމް ބުނީ، މެޗުން އެ ޓީމު ބަލިވީ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ސަބަބުން ކަމަށެވެ. އަދި ބައިނަލްއަޤުވާމީ މިފަދަ ބޮޑެތި މެޗުތަކަށް ނުކުންނައިރު ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުމަކީ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރިއެވެ.

މި ފެންވަރުގެ މެޗަކަށް ނުކުންނައިރު ރަނގަޅު މެޗުތަކެއް ނުލިބުމާއި، ތައްޔާރުވާން ވަގުތު މަދުވުމަކީ ދިމާވާ ވަރަށް ބޮޑު ދައްޗެއް.

އައިސަމް ބުންޏެވެ.

މި ބައްޔާއެކު މާޒިޔާއަށް މި އަހަރުގެ އޭޝިއާގެ ފުޓްބޯޅަ މުބާރާތްތަކުން ފުރުސަތު ވަނީ ބަންދުވެފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450