Ads by Farudhun

ޚަބަރު

އާރްޑީސީގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އާރްޑީސީގެ ޕީއެސްއައިޕީ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ރަށްރަށަށް ފޮނުވަން ފަށައިފި

އާރްޑީސީގެ ޕީއެސްއައިޕީ މަޝްރޫޢޫތަކަށް ބޭނުންވާ ސާމާނު ރަށްރަށަށް ފޮނުވުން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

13 އޯގަސްޓު 2026، 11:16

13 އޯގަސްޓު 2026، 11:16

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ދަށުން ބައެއް ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އާރްޑީސީއިން ބުނެފިއެވެ.

އާރްޑީސީން މައުލޫމާތު ދޭ ގޮތުގައި މި ތަކެތި ފޮނުވަމުންދަނީ ލ. އިސްދޫ، ލ. މާބައިދޫ، ލ. ގަން، ތ. މަޑިފުށި، ތ. ވޭމަންޑޫ، ތ. ތިމަރަފުށި އަދި މ. ކޮޅުފުށީގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށެވެ.

މި މަޝްރޫޢުތަކަށް ބޭނުންވާ ސާމާނާއި ބާވަތްތަކުގެ އިތުރުން މަސައްކަތްތަކަށް ބޭނުންވާ މެޝިނަރީ އާއި ވެހިކަލްތައް އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މިއީ އެ ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތައް އަވަސްކޮށް، އަމަލީ މަސައްކަތްތައް ހަލުވިކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450