Ads by Farudhun

ޚަބަރު

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހު ނިންމަވައިފި

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ރައީސް ސޯލިހު ނިންމަވައިފި

ރައީސް ނަޝީދޔ އަދި ރައީސް އިބުރާހިމް ސޯލިހް - ފޮޓޯ: ފަރުދުން

farudhun logo

ފަރުދުން

13 އޯގަސްޓު 2026، 04:05

13 އޯގަސްޓު 2026، 04:05

ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު މިގޮތަށް ނިންމެވީ އެމްޑީޕީގެ ބައެއް އިސް ބޭފުޅުންނާއެކު އިއްޔެ ބޭއްވެވި ބައްދަލުވުމެއްގައެވެ. ނަމަވެސް، މިކަން އަދި ރަސްމީކޮށް އިއުލާނެއް ނުކުރައްވައެވެ. ރައީސް ސޯލިހުގެ އިތުރުން އެމްޑީޕީގެ މިހާރުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ގެންދަވަނީ ރިޔާސީ ޕްރައިމަރީއަށް ތައްޔާރުވަމުންނެވެ. އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ގެންދަވަނީ ވެރިކަމަށް ކުރިމަތިލުމަށް އަމާޒުކޮށް ކެންޕެއިން ހަރަކާތްތައް ހިންގަވަމުންނެވެ.

މި ދަނޑިވަޅުގައި އެމްޑީޕީގެ އެތެރޭގެ މަސްލަހަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. ވަކިން ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަރަކާތްތަކާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ކުރިން އަޑު ފެތުރިފައި އޮތީ ފައްޔާޒު އިސްމާއިލް ވެރިކަމަށް ނެރުމަށްފަހު ރައީސް ނަޝީދު ބޮޑުވަޒީރުކަން ކުރައްވާ ގޮތަށް އޮތް ރޭވުމެއްގެ ވާހަކައެވެ. ނަމަވެސް، މިހާރު ސިޔާސީ އޮއިވަރު ބަދަލުވެ، ރައީސް ނަޝީދު އަމިއްލަފުޅަށް ވެރިކަމަށް އަންނަން އުޅޭ ކަމުގެ ވާހަކަތައް ވަނީ ފެތުރެން ފަށާފައެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، ރައީސް ނަޝީދު ގައުމު އިސްލާހު ކުރުމުގެ ނަމުގައި ނިކުމެވަޑައިގެން، ހަގީގަތުގައި އުޅުއްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި އެމަނިކުފާނުގެ އަމަލުތަކުގެ ސަބަބުން ގައުމު ހަލަބޮލިވެ، ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި، އެމްޑީޕީ ބައިބައިވެ ބަލިކަށިވަމުންދާ މަންޒަރު ފެންނަމުންދާ ކަމަށްވެސް ގިނަ ބަޔަކު ދަނީ ތުހުމަތު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450