Ads by Farudhun

ޚަބަރު

ރާއްޖޭގެ ކުރީގެ ރައީސުން ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފި

ރާއްޖޭގެ ކުރީގެ ރައީސުން ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވަވައިފި

ރައީސް ނަޝީދު، ރައީސް މައުމޫން، ރައީސް ޞާލިޙް އަދި ކުރީގެ ނައިބު ރައީސް ފައިޞަލް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2026، 02:06

14 އޯގަސްޓު 2026، 02:06

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ކުރީގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ އިތުރުން ދައުލަތުގެ އިސް ބޭފުޅުން ދިވެހި އެންމެހާ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ އިޚްލާޞްތެރި ހެޔޮ އެދުންތައް އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވަނީ ނުހަނު އުފަލާއެކު ކަމަށެވެ.

މީގެއިތުރުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ "ހަގީގީ ޤައުމިއްޔަތަކީ ޤައުމުގެ ސިޔާދަތާއި، ރައްޔިތުންގެ ޙައްޤުތަކާއި މިނިވަންކަމާއި، ދީމުޤްރާތީ ހަމަތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކޮށް ދެމެހެއްޓުން" ކަމަށެވެ.

ރައީސް ޞާލިހުގެ އިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ދިވެހިރާއްޖޭގެ އުފާވެރި، ފަޚުރުވެރި ޤައުމީ ދުވަހުގެ ތަހުނިޔާ އެންމެހާ ބޭފުޅުންނަށް ރައްދުކުރައްވާފައެވެ.

ކުރީގެ ރައީސުންގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި އިޚްލާޞްތެރި ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި ދިވެހި އެންމެހައި ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450